ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނެތް

03 Oct 2018 | 15:03

ޕީޕީއެމް އިން މި ސެޕްޓެންބަރ 28 ވަނަ ދުވަހު ބޭއްވި ކުއްލި ކޮންގްރެސް ބަލައިނުގަންނަން އީސީ އިން ނިންމި ނިންމުމާއެކު ޕީޕީއެމް ކޮންގްރެސްގައި ނިންމި އެންމެހައި ނިންމުންތައް ބާތިލްވީއެވެ.

އޭގެތެރޭގައި ޕީޕީއެމް އިދިކޮޅު ޕާޓީއެއް ގޮތުގައި ހަރަކާތްތެރިވާން ނިންމިނިންމުންވެސް ހިމެނެއެވެ.

އެގޮތައް މިއަދު ނިންމީ މިއަދު ބޭއްވި އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމާ ބެހޭގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަކްރަމް ވިދާޅުވީ މި ނިންމުން ނިންމަން ޖެހުނީ ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށްވުމުން އެ ކޮންގްރެސްގެ ނިންމުންތަކަށް އެންޑޯސް ކުރެވެން ނެތް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕީޕީއެމް ގެ ކޮންގްރެސް ބަލައިނުގަންނަން ނިންމާފައި މިވަނީ އެ މައްސަލަ ބެލުމަށް އެދި ރައީސް މައުމޫން އިލެކްޝަންއަށް ސިޓީއެއް ފޮނުވުމުންނެވެ.

އާސަރުކާރުގައި ވެސް ޕީޕީއެމް އިސް ބައެއް ބޭފުޅުންނާއި މަޖްލިސް މެންބަރުން ދަނީ ހަރަކާތްތެރި ވަމުން ކަން ފާހަގަކޮށްލަން ޖެހެއެވެ.

އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ އެއް ވައުދަކީ ޕީޕީއެމް ރައީސް މައުމޫނާ ހަވާލުކުރުން ކަމަށް ވާއިރު އާސަރުކާރު ހުވާކޮށް ޕީޕީއެމް ރައީސް މައުމޫނާ ހަވާލް ކޮށްފި ނަމަ ރާއްޖޭގައި ސިޔާސީ އިދިކޮޅު ޕާޓީއެއް ނޯންނާނެއެވެ.

Advertisement

ކޮމެންޓް