"ބާރަތު"ގެ ޝޫޓިން ކުރިއަށް ގެންދިޔަ 10 ކްރޯޑްގެ ސެޓް ހަލާކުކޮށްލަނީ

14 Feb 2019 | 09:00

ސަލްމާން ޚާން އަދި ކެޓްރީނާ އެކުގައި ފެނިގެންދާ ފިލްމު "ބާރަތު" ގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެފިލްމު ވެގެންދާނީ މިއަހަރުގެ ތެރޭގައި ނިކުންނަ އެއްމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމަކަށެވެ.

އަދި އެފިލްމުގެ މަސައްކަތް ފެށުނީއްސުރެ ހެޑްލައިން ތަކުން ޖާގަހޯދަމުން އަންނަ އެފިލްމުގެ ޓީޒާއަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައިވެއެވެ.

އެފިލްމާއި ގުޅޭގޮތުން އެކި ދުވަސްވަރު އެކި ވާހަކަތައް މީޑިއާގައި ދެކެވިގެން އަންނަ އިރު، އެފިލްމުގެ ޝޫޓިން ތައް ކުރިއަށް ގެންދިއުމަށް  ދިއްލީގެ ފިލްމު ސިޓީގައި އަޅާފައިވާ ދިހަ ކްރޯޑްގެ ސެޓް ހަލާކުކޮށްލުމަށް ނިންމާފައިވާ ވާހަކަޔާއެކު އިންޑިއާގެ ބޮލީވުޑެގެ ޚަބަރުތައް ގެނެސްދޭ ހުރިހާ ނޫހެއްގެ ފަލަ ސުރުޚީއަށް މިވާހަކަވަނީ އަރާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިފިލްމުގައި މިހާރު ބާކީ އޮތީ އެންމެ ހަދުވަހުގެ ޝޫޓިންއެވެ. އަދި ފިލްމުގެ ޝޫޓިންއަށް މުމްބާއީގެ ފިލްމުސިޓީގައި ހަދާފައިވާ 10 ކްރޯޑްގެ ސެޓް ހަލާކުކޮށްލުމަށް ނިންމާލާފައިވަނީ އެފިލްމުގެ ކުލައިމެކްސްގެ ބައެއްގެ ގޮތުގައެވެ.

ބްރާސްފަތި ދުވަހު އެފިލްމުގެ ޚާއްސަ މަންޒަރުތަކެއް ޝޫޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސަލްމާން، ކެޓްރީނާ، ޖެކީ ޝްރޮފް، ސްނިލް ގްރޯވަ އަދި ތާބޫ އެ ޝޫޓިންގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ކޮރެއަން ފިލްމެއް ކަމަށްވާ "އޭން އޯޑޭ ޓް މައި ފަދާރ" އަސްލަކަށް ބަލައިގެން ކުޅޭ މިފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް

Advertisement