"ލެގަސީސް": "ދަ ވެމްޕަޔާރ ޑާއިރީސް"ގެ ތަފާތު ސްޕިން-އޮފް އެއް!

16 Feb 2019 | 09:54

"ލެގަސީސް" އަކީ އެމެރިކާގެ މަޤްބޫލު ޓީވީ ސީރީޒް "ދަ ވެމްްޕަޔާރ ޑައިރީސް" ގެ ދުނިޔޭގައި ހިނގައިދާ ކަންތައްތަކެއް ދައްކުވައިދޭ، 2018 ވަނަ އަހަރުގެ އޮކްޓޯބާރ މަހު ރިލީޒްކުރި "ސްޕިން-އޮފް" ޓީވީ ސީރީޒެކެވެ.

ސްޕިން އޮފް ސީރީޒްތަކަކީ އާންމުކޮށް މަޤްބޫލު ސީރީޒެއް ނިމުމުން، އެ ސީރީޒްގެ ކެރެކްޓާރ ތަކާއި ވާހަކަތައް އިތުރައް ތަރައްޤީކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޝޯ ތަކެކެވެ.

އެގޮތުން "ލެގަސީސް" އިން ފެނިގެންދާނީ، މުޅިން އާ ވާހަކަތަކަކާއި އެކު "ދަ ވެމްޕަޔާރ ޑައިރީސް" އާއި "ދަ އޮރިޖިނަލްސް" ގެ ބައެއް ކެރެކްޓާރތަކެވެ.

"ލެގަަސީސް" ގެ އެންމެ މުހިންމު އެއް ރޯލުން ފެނިގެންދާނީ "ދަ ވެމްޕަޔާރ ޑައިރީސް" އިން ބެލުންތެރިންގެ މަޤްބޫލުކަން ހޯދި ކްލައުސް މައިކެލްސަންގެ އަންހެން ދަރި ހޯޕް މައިކެލްސަންއެވެ. އަދި މި ސީރިޒުން ފެނިގެންދާނެ ބައެއް ފޭނުންނާ ގާތް މޫނުތަކުގެ ތެރެއިން "ދަ ވެމްޕަޔާރ ޑައިރީޒް"ގައި އެލާރިކް ސޯލްޓްޒްމަން ގެ ރޯލު ދައްކުވައިދިން މެތިއު ޑޭވިސް ފާހަގަކޮށްލެވެއެވެ.

"ލެގަސީސް" ގައި އެލާރިކް އަކީ "ދަ ސެލްވަޓޯރ ބޯރޑިންގް ސްކޫލް ފޮރ ދަ ޔަންގް އެންޑް ގިފްޓެޑް" ގެ ނަމުގައި މިސްޓިކް ފޯލްސްގައި ސްކޫލެއް ހިންގާ ހެޑްމާސްޓަރެވެ. އަދި މި ސީރީޒުން ދައްކުވައިދޭ އެކި މަންޒަރުތަކުގައި ކުރިން "ދަ ވެމްޕަޔާރ ޑައިރީސް" އިން ފެނިގެންދިޔަ ފަންނާނުން ފާހަގަކޮށްލެވެއެވެ. އަދި އެލާރިކްގެ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުންް އަންނަ ހޯޕް އަށް ކުރިމަތިވާ ތަފާތު ކަންތައްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ، ޒުވާން އޯޑިއަންސަކަށް ކަމުދާނެގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

Advertisement

ކޮމެންޓް

Advertisement