Advertisement

އަމީތާބް ބައްޗަން ބޮލީވުޑް ގައި ހަރަކާތްތެރިވާތާ 50 އަހަރު!

16 Feb 2019 | 09:57

ބޮލީވުޑް ސުޕާރސްޓާރ އަމިތާބް ބައްޗަން ފިލްމު ކުޅޭތާ އިއްޔެއަށް ވަނީ 50 އަހަރު ފުރިފައެވެ. "ބޮލީވުޑް ކާ ޝެހެންޝާ" ގެ ގޮތުގައި ބެލުންތެރިންގެ ހިތްތަކުގައި ޙާއްސަ ޖާގައެއް ހޯދާފައިވާ އަމިތާބް އަލަށް ވެސް ބޮޑު ސްކްރީނުން ފެނިގެންދިޔައީ މީގެ 50 އަހަރު ކުރިން ރިލީޒްކުރި ކޭ.އޭ އައްބާސް ގެ "ސާތް ހިންދުސްތާނީ" މި ފިލްމުންނެވެ. އަމިތާބް ގެ ކެރިއަރުގެ ރަން ޔޫބިލް ފާހަގަކުރމުގެ ގޮތުން ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި އަމިތާބް ބޮލިވުޑް އަށް ކޮށްދިން ޚިދުމަތާއި މަސައްކަތުގެ އަގު ވަޒަންކުރަމުންނެވެ.

އަމިތާބްގެ އެކްޓިންގް ކެރިއަރަށް 50 އަހަރު ފުރުމާއި ގުޅިގެން އޭނާގެ ފިރިހެން ދަރި އަދި އެކްޓާރ އަބީޝެކް ބައްޗަން ވަނީ މީސް މީޑިއާގައި އަމިތާބަށް ވަރަށް ތަޢުރީފުކޮށްފައެވެ. އަބީޝެކް ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ ބައްޕައަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، އަދި އޭނާއަށް އެންމެ ގަދަޔަށް ފާޑުކިޔާ ފަރާތްވެސް މެއެވެ. އަދި ބައްޕަ "އައިޑޮލް" އެއްގެ ގޮތުގައި ސިފަކޮށް އަބީޝެކް ވަނީ އަމިތާބްގެ ފަރާތުން އޭނާގެ އަމިއްލަ ކެރިއަރަށް ލިބުނު އެއްބާރުލުންވެސް ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން އަމިތާބް ގެ އަންހެން ދަރިފުޅު ޝްވެތާވެސް ވަނީ އަމިތާބް ގެ ކެރިއަރަށް 50 އަހަރުވުން މީސް މީޑިއާގައި ފާހަގަކޮށްފައެވެ.

އަމިތާބް 1969 ވަނަ އަހަރުންސުރެ ޙަރަކާތްތެރިވަމުން އަންނަ ބޮލީވުޑްގައި އޭނާއަކީ މިހާރު އެފަދަ ދެވަނައެއް ނުވާވަރަށް ފޭނުންގެ ލޯބި ލިބިފައިވާ ހުނަރުވެރި ފަންނާނެކެވެ. އަދި އޭނާގެ ފިރިހެން ދަރި އަބީޝެކް އާއިއެކު ވެސް ގިނަ ފިލްމުތަކެއް ކުޅެފައިވާ އަމިތާބްގެ ފިލްމީ ހަޔާތުގައި "ޒަންޖީރް"، "ސައްތޭ ޕޭ ސައްތާ"، "ޑޯން"، "ޝޯލޭ" އަދި "ބްލެކް" ފަދަ އާދަޔާ ޚިލާފަށް މޮޅު ހުށަހެޅުންތައް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement