Advertisement

ހަޒާޑް އާއި ލުކާކޫގެ ގޯލުން ބެލްޖިއަމް މޮޅުކޮށްދީފި

08 Sep 2018 | 13:48

ސްކޮޓްލޭންޑްގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރޭ ސްކޮޓްލޭންޑްއާއި ބެލްޖިއަމް ބައްދަލުކުރި މެޗްގައި ސްކޮޓްލޭންޑްގެ މައްޗަށް 4-0 އިން ބެލްޖިއަމް އިން ކުރި ހޯދައިފިއެވެ.

މި މެޗުގައި ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ. މެޗުގެ 28 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގާދީފައިވާއިރު، މިއީ ބެލްޖިއަމްގެ ގައުމީ ޓީމަށް ލުކާކޫ ކާމިޔާބުކޮށްދިން 41 ވަނަ ގޯލެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ކެޕްޓަން އެޑެން ހަޒާޑް ވަނީ ގޯލެއް ކާމިޔާބުކޮށްދީ ބެލްޖިއަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ބެލްޖިއަމްގެ ތިންވަނަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި މިޗީ ބަޓްޝުއާއީ ކާމިޔާބުކޮށްދިންއިރު އޭގެ އަށް މިނެޓްފަހުން އެޓީމުގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބަޓްޝުއާއީއެވެ.

ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމް އަށް ކުރިއަށް ދެން އޮތީ އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގެ މެޗެކެވެ. އެ މެޗުގައި އެޓީމު ބައްދަލުކުރާނީ އައިސްލޭންޑާއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެގޮތުން ބެލްޖިއަމް ލައްވާލާފައިވަނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ދޭއްގައެވެ. މި ގްރޫޕްގައި ބެލްޖިއަމް އާއި އައިސްލޭންޑުގެ އިތުރުން ދެން ހިމެނެނީ ސްވިޒަލޭންޑެވެ.

Advertisement

ކޮމެންޓް