ކަޕިލްގެ ޝޯއިން ސިއްދޫޖީ ވަކިކޮށްފި

16 Feb 2019 | 22:41

ދަ ކަޕިލް ޝަރުމާ ޝޯއިން ާ ނަވްޖޯތު ސިންގް ސިންދޫ (ސިއްދޫޖީ) ވަކިކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ވާގޮތުން އޭނާ އެ ޝޯއިން ވަކިވުމަށް ބުނެފައިވަނީ ޕުލްވަމާ ޓެރާ އެޓޭކަށް ފަހު އޭނާ ކުރި ޓްވީޓަކާއި ގުޅިގެން ނެވެ. އެގޮތުން އެޓްވީޓްގައި އޭނާ ބުނެފައިވަނީ އެ އަމަލަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި، އެމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ވާ މީހުންނަށް އޭގެ ހައްގު އަދަބު ދޭން ޖެހޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް އޭނާ ޝޯ ދޫކޮށްދާން ޖެހުނީ އެޓްވީޓްގައިވާ އެހެން ވާހަކަތާއި ގުޅިގެން ނެވެ. އެގޮތުން އޭނާ ވަނީ ވަކި ބަޔަކު ކުރިކަމެއްގެ ޒިންމާ ގައުމުގެ ހުރިހާ ރައްޔިތުންގެ ބޮލުގައި އެޅުވޭނެތޯ ސުވާލުކުރައްވާފައެވެ.

މި ވާހަކަޔާއި ގުޅިގެން ސޯޝަލް މީޑިއާގައި ސިއްދޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި އޭނާ ޝޯގައި ހިމެނޭނަމަ ޝޯ ނުބަލާނެ ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ. އެއާއެކު ޝޯގެ ޕްރޮޑަކްޝަން ހައުސް އިން ވަނީ ޝޯ ދޫކޮށްލުމަށް ސިއްދޫއަށް އަންގާފައެވެ. އަދި އޭނާ ޝޯ ދޫކޮށްފައިވާކަމަށްވެސް އެ ޝޯގެ ޕްރޮޑަކްޝަން ހައުސްއާއި ހަވާލާދީ ބައެއް މީހުން ބުނެފައިވެއެވެ. އަދި އޭނާގެ ސްޓޭޓަސް އާއި ގުޅިގެން ގިނަ މީހުން ބުނެފައިވަނީ އޭނާ އެހަމަލާ ދިން މީހުން ދިފާއުކޮށް ޕާކިސްތާނަށް ފޭވާ ކުރާކަމަށެވެ.

ބައެއް ރިޕޯޓްތަކުގައި ވާގޮތުން އެމީހުންވަނީ ސިއްދޫގެ ޖާގަ ފުރިހަމަ ކުރުމަށް އަރުޗްނާ ޕޫރަން ސިންގް ބައެއް އެފިސޯޑްތަކަށް ހަމަޖައްސާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސިއްދޫ މިހާރުވެސް ބައެއް އެޕިސޯޑްތައް ޝޫޓްކޮށްފައިވާއިރު އެ އެޕިސޯޑްތައް ސޮނީއިން ދައްކާނެއެވެ.

ސިއްދޫ ޝޯއިން ވަކިކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ތައުރީފުކޮށްފައެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ނަވްޖޯތް ސިންގް ސިއްދޫއަކީ މިހާރު އެންމެ ފުންނާބު އުސް ސިޔާސީ ފަރާތެކެވެ. އަދި އޭނާއަކީ އިންޑިއާގެ ޕަންޖާބްގެ ލޯކަލް ގަވަންމެންޓް ޓޫރިޒަމް، ކަލްޗާރ އެފެއަރޒް އެންޑް މިއުޒިއަމް މިނިސްޓަރެވެ. އޭނާ ވަނީ ދާދިފަހުން ޕާކިސްތާނަށްވެސް ޒިޔާރަތްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement