ސަރުކާރު ވައްޓާލަން ނޫޅެން: އުމަރު ނަސީރު

17 Feb 2019 | 18:55

"އިންޑިއާ ސިފައިން ރާއްޖެއިން ފައިބާ" ގެ ނަމުގައި ކުރިއަށް ގެންދަ ކެމްޕެއިނަކީ ސަރުކާރު ވައްޓާލުމަށް ފެށި ކަމެއް ނޫންކަމަށް އެހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެމްޑިޕީއާއި ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަށް ޚާއްސަކޮށް އުމަރު ނަސީރު އޭނާގެ ފޭސްބުކުގެ ސްޓޭޓަސްގައި ލިޔެފައިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ކުރިއަށްގެންދާ ކެމްޕެއިނަކީ ސަރުކާރު ވައްޓާލުމަށް އޭނާ ފެށި ކެމްޕެއިނެއް ނޫންކަމަށެވެ. އެކެމްޕެއިނަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް އިތުރަށް ފުޅާވިޔަ ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް ނޫންކަމަށް ބައެއް ފަރާތްކަށް ހީވިނަމަވެސް އިންޑިއާގެ އަމަލުތަކާއި އެމީހުން އެހެން ކުދި ގައުމުތަށް އިންޑިއާއާއި އެއްކޮށްލިގޮތަށް ބަލާއިރު އެއީ ދިވެހިން ހޭލާ ތިބެން ޖެހޭ ކަމެއް ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

އޮޅުވެއްޖެކަމަށް ހީކޮށް ބޮޑު ސިންގާއެއް ގޭގެތެރޭގައި ނިންދަވާކަން ނުވާނެކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.

އަދި ދިވެހި ސިފައިންނަށްވުރެ ބާރުގަދަ ސިފައިންތަކެއް މި ފަސްގަނޑުގައި ބައިތިއްބާކަށް ނުވާނެކަމަށާއި. އެމީހުންގެ ނިޔަތް ބަދަލުވެދާނެ ވަގުތެއް ނޭނގޭނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އިންސާނުންނަކީ ޚިޔާލާއި ފިކުރު ބަދަލުވާ ބައެއްކަމަށާއި، މިއަދު އިންޑިއާ ސަރުކާރާއި އެމްޑީޕީއާއި ދެމެދު އެކުވެރި ގުޅުމެއް އޮތަސް މާދަމާ އެގުޅުން ބަދަލުވެދާނެ ކަމަށްވެސް އުމަރުގެ ޕޯސްޓްފައި ލިޔެފައިވެއެވެ.

އެގޮތުން މީގެ ދިހަ އަހަރު ކުރިން "ތިއައީ ޒައީމޭ" އެމްޑީޕީގެ ޖަގަހަ ތަކުގައި ޖަހާނެކަމަށް ހީކުރީ ކާކުތޯ އުމަރު ވަނީ ސުވާލުކުރައްވާފައެވެ. އަދި އެމްޑީޕީން ރައީސް މައުމޫނަށް ތައުރީފުކޮށް ގުޅުން ބަދަހި ކުރި ބީދައިން ހާލަތު ބަދަލުވެ އެމްޑީޕީއާއި އިންޑިއާ ދެމެދު ކަން ހިނގާފާނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ އަދި އެދުވަހަކުން އިންޑިއާ ސިފައިން އެމްޑީޕީ ސަރުކާރުން އަންގާގޮތަށް އަމަލު ނުކުރާނެ ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުން އެންގުމުން ނުފޭބި ގޮތަށް އެމްޑީޕީ ސަރުކާރުން އެންގުމުންވެސް އިންޑިއާ ސިފައިން ނުފައިބާނެ ކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ. އެއާކު އުމަރުވަނީ އިންޑިއާއިން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ސިއްކިމް މިސާލެއްގެ ގޮތުގައި ދައްކާފައެވެ.

އުމަރު ވަނީ އޭނާއާއި މެދު ހިތުގައި އޮތް ނަފުރަތަކުން އޭނާ ދައްކެވި ވާހަކަތަކަށް ބީރު ކަންފަތެއް ނުދެއްވުމަށް އެދިވަޑައިގެންފައެވެ.

ދިވެހި ގައުމަކީ ދިވެހި އެންމެހާ ރައްޔިތުންގެ ތަނެއް ކަމަށާއި، މި ގައުމު 100 އިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި މިނިވަންކަންމަތީ ތާ އަބަދު ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement