އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް ގާސިމް އަނެއްކާވެސް ގޮވާލައްވައިފި

16 Feb 2019 | 23:30

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ފަރާތުން އދ. ފެންފުށީގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ހަމައެކަނި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންދިއުމަކީ ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ

ގާސިމް ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރައްވާނެ ބަޔަކީ އިދިކޮޅުފަރާތްތަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅުޕާޓީ ތަކަށް ލިބެންޖެހޭނެ ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުބީ ހަމައެކަނި އެމްޑީޕީއަށް ގޮނޑިތައް ލިބެން ނުޖެހޭކަމަށާއި، ކޯލިޝަނަށާއި އިދިކޮޅު ފަރާތްކަށް މަޖިލީހުގެ ގިނަ ގޮނޑިތައް ލިބެންޖެހޭނެކަމަށެވެ.

އެމްޑީޕީއަށް މެޖޯރިޓީ ދޭން ނުޖެހޭނެކަމަށް ގާސިމް މިރޭވެސް ވިދާޅުވެފައިވާއިރު، ފަހަކަށްއައިސް އެބޭފުޅާ ވާހަކަދައްކަވާ ހުރިހާ ޕޯޑިއަމްތަކެއްގައި އެވާހަކަތައް ތަކުރާރުކުރައްވާ އެމްޑީޕީއަށް ފާޑުވިދާޅުވެފައިވެއެވެ.

ފަހަކަށް އައިސް އިދިކޮޅު ޕާޓީތަކާއި ޖޭޕީއިން މަޝްވަރާ ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، ކުރީގެ ރައީސް ޔާމީންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން މީގެ ކުރިން ޓިކެޓް ދީފައިވާ ބައެއް ފަރާތްތަގެ އަތުން ޓިކެޓް އަތުލުމަށްފަހު އެ ދާއިރާތަކަށް ޖޭޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް އެކޯލިޝަނުން ތާއީދުކުރާނެކަން އަންނަނީ ހާމަކުރަމުންނެވެ.

Advertisement

ކޮމެންޓް