Advertisement

އެމްޕީއެލްގެ ޗެއަރމަންކަމަށް ނަޒާކީ ޒަކީ އައްޔަންކޮށްފި

17 Feb 2019 | 13:37

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން ކަމަށް މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ފަރާތުން ނަޒާކީ ޒަކީ އެމަގާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ.

ޒަކީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޕީއެލްގެ ޗެއާމަންގެ މަސްއޫލިއްޔަތާ މިއަދު ހަވާލުވެވަޑައިގެންފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ނަތީޖާ ނެރޭ ތަނަކަށް އެ ކުންފުނި ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

ޒަކީ އެމަގާމަށް ވަޑައިގެންފައިވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި އެބޭފުޅާ ވަނީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބެސެޑަރކަމުގެ މަގާމު ފުރުއްވާފައެވެ.

Advertisement

ކޮމެންޓް