ދުވަހަކުވެސް ރައްޔިތުންނަށް ދެރަވާކަމެއް ނުކުރާނަން: އަލްހާން

17 Feb 2019 | 14:09

ދުވަހަކުވެސް ރައްޔިތުންނަށް ދެރަވާކަމެއް ނުކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ އެބޭފުޅާގައި ޖަގަހައިގައި އޮތް ހަރަކާތެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އަލްހާން ވިދާޅުވީ އެބޭފުޅާ މަޖިލީހަށް ކުރިމަތިލައްވައިގެން ހުންނެވީ ގޭގެ ކުއްޖަކު ކުރި ވައްކަމެއް ސަލާމަތްކުރައްވާކަށް ނޫންކަމަށާއި ޕާޓީއެއްގެ ގައުމީ މަޖިލީހުން ބުނީތީ ތިލަފަތަކަށް ނުވަތަ ދޭފަަތަކަށްވެސް ވޯޓު އަޅާ އުސޫލުން މަސައްކަތް ކުރައްވާކަށް ނޫންކަމަށެވެ.

"އަޅުގަނޑު މިހުރީ އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތާއި އެއްގޮތަށް މަސައްކަތްކުރަން ވަރަށް ކެރިގެން ނުކުމެ. އަޅުގަނޑު ޔަގީންކޮށް އަރުވަން އަޅުގަނޑަށް އޮފާ އެއް ދެއްވައިފިނަމަ ތިޔަބޭފުޅުން އުފާކުރައްވާނެ"، އަލްހާން ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެކަމަށާއި ދިވެހިރާއްޖޭގެ މާލިއްޔާއިން ހިންގާފައިވާ އެއްވެސް ޚިޔާނާތެއްގެ ލޯލާރިއެއްވެސް އަލްހާން އާއި އަލްހާންގެ އާއިލާއަށް ލިބިވަޑައިގެންފައިނުވާނެކަމަށެވެ.

Advertisement

ކޮމެންޓް

Advertisement