Advertisement

ފީމްގެ މިއަހަރުގެ އަހަރީ ޖަލްސާ ބާއްވައިފި

17 Feb 2019 | 21:12

ދިވެހިރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ޖަމްއިއްޔާ، ފީމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވާފައިވަނީ ސައިރެކްސް ކޮލެޖުގައެވެ.

މި ޖަލްސާގައި ވަނީ މިއަހަރަށް ފީމްގެ ހިންގާ ކޮމެޓީއަށް މެންބަރުން އިންތިޚާާބުކޮށްފައެވެ.

2019 ވަނަ އަހަރުގެ ފީމްގެ ރައީސަކަށް އިންތިޚާބުކޮށްފައިވަނީ ކްލިކް ކޮލެޖުގެ ނައިބު ރައީސް ހަސަން އަބްދުﷲ ސައީދެވެ. ފީމްގެ ނައިބު ރައީސްގެ މަގާމަށް ސައިރިކްސް ތަމްސީލުކުރައްވާ އަހްމަދު ޝަރީފު އިންތިޚާބުކޮށްފައިވެއެވެ. މީގެ އިތުރުން އިންތިޒާމު ސެކެޓްރީގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މެރިޓައިމް އެކެޑެމީގެ ފަރާތުން ކެޕްޓަން އާދިލް ރަޝީދެވެ.

މި ޖަލްސާގައި ފީމްގެ ސެކެޓްރީ ޖެނެރަލްގެ ޑރ. އާމާލް އަލީ ވަނީ ފާއިތުވެދިޔަ އަހަރު ފީމްއިން އިންތިޒާމުކޮށްގެން ކޮށްފައިވާ ކަންތަކުގެ އިތުރުން ކުރިއަށް އޮތްތަނުގައި ފީމްއިން އިންތިޒާމުކޮށްގެން ކުރަން ނިންމާފައިވާ ކަންތައްތައް ޖަލްސާގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. 

Advertisement

ކޮމެންޓް