ކަފިހި ހުރަސްމަތިން ހިނގި އެކްސިޑެންޓްގެ މައްސަލަ މިދަނީ ބަލަމުން: ފުލުހުން

18 Feb 2019 | 00:40

ކަފިހި ހުރަސްމަތިން ހިނގި އެކްސިޑެންޓް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސެނެހިޔާ ހޮސްޕިޓަލް ކުރިމަތީ އޮތް ކަފިހި ހުރަސްމަތިން ހިނގި އެކްސިޑެންޓަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ބުނެފައެވެ.

އަދި އެކްސިޑެންޓާއި ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ޓެކްސީ ޑްރައިވަރުގެ ލައިސެންސް ހިފެހެއްޓުމަށް ޓްރާސްޕޯޓް އޮތޯރިޓީގައި އެދިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެއާއެކު އެ ޑްރައިވަރުގެ ލައިންސާއި ޓެކްސީ ކުރުމުގެ ހުއްދަ ދެ އަހަރު ދުވަހަށް ޓްރާންސްޕޯޓް އޮތޯރިޓީން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި އެކުސިޑެންޓްގެ ސަބަބުން އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ. އެ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރު ބުނެފައިވަނީ އެކްސިޑެންޓް ވުމުން އެތަނުން ފިލާފައި ނުވާނެކަމަށެވެ. އެ އެކްސިޑެންޓާއި އެކު ޑްރައިވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒްވެފައިވާއިރު، މާލޭގެ ކަފިހި ހުރަސްތައް ހިނގާ މީހުންނަށް ރައްކާތެރި ނޫންކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement