ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުންޖެހި މީހަކު މަރުވެއްޖެ

18 Feb 2019 | 05:31

ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުންޖެހި މީހަކު މަރުވެއްޖެއެވެ.

އެހާދިސާ ހިނގާފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގަ ހުޅުމާލޭގައެވެ. އެ ހާދިސާގައި މަރުވެފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން އުމުރުން 44 އަހަރުގެ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއަ އިރުވެސް މަރުވެފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލާއި ހަވާލާދީ ނޫސްތަކުގައި ވެއެވެ. ހޮސްޕިޓަލުން ބުނެފައިވަނީ އެ ހާދިސާގައި އޭނާގެ ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ފަސްވަނަ ފަންފިލާއިން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި ކަމުގެ މައުލޫމާތު މިރޭ ހަތްގަޑި ފަންސާސް ހާއިރު ލިބިފައިވާކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ދެއްވާފައި ނުވެއެވެ.

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ގަލެއް ވެއްޓި މީހަކު މަރުވެފައިވާއިރު، މިދިއަ އަހަރުގެ ޑިސެންބަރު މަހުގެ މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަނގުލަދޭޝްއަށް ނިސްބަތްވާ ކުޑަކުއްޖަކު ވަނީ މަރުވެފައެވެ.

Advertisement

ކޮމެންޓް