ދޯންޏެއްގައި ރޯވެ، އެކަކުގެ ސީރިއަސް ހާލަތުގައި!

18 Feb 2019 | 08:04

ފ ފިލިތެޔޮ ކައިރިން ދަތުރުކުރަމުން ދިޔަ "ރަވާނާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ފ. ފިލިތެޔޮ ކައިރިން ދަތުކުރަމުންދިޔަ "ރަވާނާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ފަތިހު 4:45 ހާއިރު ކަމަށެވެ.

އާޒިމް ވިދާޅުވީ ރަވާނާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯޓުގެ ބޯޑުބައެއް ވަނީ އަޑީގައި ކަމަށާއި ބޯޓުގައި ތިބި 16 މީހުން އެހެން ދޯންޏަކަށް ނަގާފައިވާކަމަށެވެ.

ނެގި 16 މީހުން ސީ އެމްބިއުލާންސްގައި ދ. މީދޫއަށް ގެންދިއުމުގެ ދަތުރު ފަށާފައިވާއިރު އެކަކުގެ ހާލު ދެރަކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރަވާނާ ދޯނީގެ ގެގަނޑު އެއްކޮށް އަނދާފައިވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް