ބޮލީވުޑް ތަރި ޓައިގާރ ޝްރޮފްގެ އިންޓާރވިއުއެއްގައި މުޅިން އާ ވާހަކަތަކެއް!

18 Feb 2019 | 11:41

މަޤްބޫލު ބޮލީވުޑް ފަންނާނު ޖެކީ ޝްރޮފް ގެ ދަރި، އެކްޓާރ ޓައިގާރ ޝްރޮފް، އޭނާއާއި އެކު "ސްޓޫޑަންޓް އޮފް ދަ އިޔާރ 2" އިން ފެނިގެންދާނެ ތަރިންނާއިއެކު ވަނީ ދާދި ފަހުން ކަރަން ޖޯހަރް ގެ ޓޯކް ޝޯއަކުން ބެލުންތެރިންނާ ބައްދަލުކޮށްފައެވެ.

ބޮލީވުޑް އަށް މުޅިން އާ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެކު ޓައިގާރ ވަނީ ކަރަން ޖޯހަރް ގެ މި ޝޯގައި ވަނީ އާ ވާހަކަތަކެއް އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ. އަދި އޭނާއާއި އެކު މަސައްކަތް ކުރާ އަނަންޔާ އަދި ތާރާ ވެސް ވަނީ ޓައިގާރ ޝްރޮފް ގެ އުޅުމާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ބެލުންތެރިންނަށް ހާމަކޮށްދީފައެވެ.

ޓައިގާރ ޝްރޮފްއާއި އެކު ލޯބީގެ ގުޅުމުން ގުޅިފައިވާކަމަށް މީހުުން ޤަބޫލުކުރާ ޑިޝާ ޕަޓާނީ އާއި މެދު ސުވާލުކުރުމުން ޓައިގާރ ގެ ޖަވާބުތައް މާ ފުރިހަމަ ނުވިނަމަވެސް، އޭނާގެ އާންމު ދިރިއުޅުމާއި ގުޅުންހުރި ބައެއް މަޢުލޫމާތުތައް ޓައިގާރ ވަނީ ކަރަން އާ ހިއްސާކޮށްފައެވެ.

އެގޮތުން، އޭނާއަށް ރޭގަނޑު، ބޮޑެތި ކޮޓަރިތަކުގައި އެކަނި ނިދަން އުނދަގޫވާކަމަަށް ޓައިގާރ ވަނީ އެންމެ ފަހު "ކޮފީ ވިތް ކަރަން" އެޕިސޯޑުގައި ހާމަކޮށްފައެވެ. އަދި އޭނާ ގޭގައި އުޅޭއިރު ނިދަނީ މަންމަ އާއި އެއް ކޮޓަރިއެއްގަ ކަމަށްވެސް ޓައިގާރ ބުނެފައި ވެއެވެ.

ރަހުމަތްތެރިންނާއި ވާހަކަދެއްކުމުގައި ޖެކޯ ޝްރޯފް ގެ ބަސްމަގު ގެންގުޅެން ފަސޭހަކަމަށް ބުނި ޓައިގާރ ވަނީ، އާންމުންނާ މުޢާމަލާތް ކުރާއިރު އޭނާގެ މަންމަގެ މަޑުމައިތިރި ގޮތްގަނޑު އިޚްތިޔާރުކުރާ ވާހަކަ ފާހަގަކޮށްފައެވެ. އަދި އޭނާގެ މަޝްހޫރު ނެށުމަކީ އޭނާގެ ގައިގައި އުފެދުމުގައި ހުރި ހުނަރެއް ނޫންކަމާއި، ކޮރިއޮގްރާފް ނުކޮށް ނަށަން ވަރަށް އުނދަގޫކަމަށް ޓައިގާރ ވަނީ އޭނާގެ ފޭނުންނަށް ކިޔައިދީފައެވެ.

ޓައިގާރ ޝްރޯފް، އަނަންޔާ ޕާންޑޭ އަދި ތާރާ ސުތާރިއާ އެކީ ފިލްމް "ސްޓޫޑަންޓް އޮފް ދަ އިޔާރ 2" އިން ބެލުންތެރިންނަށް ފެންނަން ހަމަޖެހިފައިވަނީ މި އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު އެވެ.

Advertisement

ކޮމެންޓް