ހައްގު ފިޔަވަޅު އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނެތޯ؟: އިމްރާން

18 Feb 2019 | 19:33

ހައްގު ގޮތުގައި އަޅަންޖޭހޭ ފިޔަވަޅު އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނެތޯ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސުވާލުކުރައްވައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް ޖަލަށް ގެދިޔަތާ މާގިނަ އިރެއް ނުވަނީސް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވަނީ ހައްގުގޮތުގައި ގޮތުގައި ކުރަންޖެހޭ ކަމެއް ކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދަ އަކުން ތޯ ސުވާލުކުރައްވާފައެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ޓްވީޓަކީ ޔާމީން ހައްޔަރުކޮށްފައިވަނީ އަނިޔާވެރިކަން އިސްކޮށްގެން ކަމަށް އެބޭފުޅާއަށް ތާއީދުކުރައްވާ ފަރާތްތަކުން ވިދާޅުވުމާއި ގުޅޮގެނެވެ.

ޔާމީން މިއަދު ހަވީރު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑާ ކުރުމުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ. އެހުކުމާއި އެއްގޮތަށް ޔާމީން މިހާރުވަނީ ހައްޔަރުކޮށް މާފުށީ ޖަލަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް