"މަނީކަރުނިކާ" 100 ކްރޯޑްގެ ލިސްޓަށް

24 Feb 2019 | 09:09

ކަންގްނާގެ ފިލްމު "މަނީކަރުނިކާ" 100 ކްރޯޑްގެ ލިސްޓަށް އަރައިފިއެވެ.

ކިތަންމެ މަދު ބަޖެޓަކުން ހެދިނަމަވެސް ބޮލީވުޑްގެ ކޮންމެ ފިލްމަކަށްވެސް 100 ކްރޯޑް ރުފީސް ލިބެން އެފިލްމު އުފައްދާ ފާރާތުން ބޭނުންވެއެވެ.

މިއަހަރުގެ މިހާތަނަށްވެސް ގިނަ ފިލްމުތަކެއް ރިޒީލްކޮށްފައިވާއިރު ސަތޭކަ ކްރޯޑް ލިބިފައިވަނީ ވިކީ ޚްލާސްގެ "ޔޫރީ" އާއި ކަންގްނާގެ "މަނީކަރުނިކާ"އެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތަކާއި އެކުވެސް މިފިލްމު ބަލަން ދާ މީހުންގެ އަދަދު މަދުވެފައި ނުވެއެވެ. އަދި ގިނަ ބަޔަކު މިފިލްމަށް 100 ކްރޯޑް ލިބޭނެ ކަމަށް އުއްމީދުކޮށްފައި ނުވި ނަމަވެސް މި ފިލްމުގައި ކަންގްނާ ދައްކާފައިވާ މޮޅު ހުނަރަށް އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކު ތާއީދުކޮށްފައިވެއެވެ.

މިހާރު އެންމެ މަޝްހޫރު އެއް ފިލްމު ކަމަށްވާ ރަންވީރު އަދި އާލިއާގެ "ގަލީ ބޯއި"އަށް ގިނަ ބައެއްގެ ސަޕޯޓް ލިބި ބަލަންދާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ކަންގްނާގެ ފިލްމަށް އެއިން މާބޮޑު އަސަރެއް ކޮށްފައި ނުވާކަމަށް ބޮލީވުޑްގެ ފިލްމުތައް އެނެލައިޒްކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް