މައުމޫނުގެ އިސްތިނާފް ޝަރީއަތް ކުރިއަކަށް ނުގެންދެވުނު

04 Oct 2018 | 15:47

ކަފާލާތުގެ ދަށުން އިސްތިއުނާފް ނިމެންދެން ބަންދުން ދޫކޮށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އިސްތިއުނާފުގެ ޝަރިއަތް ކުރިއަށް ނުގެންދެވި މިއަދުގެ އަޑު އެހުންތައް ނިންމާލައިފިއެވެ.

ފުލުހުންގެ ތަހުގީގަކަށް މައުމޫނުގެ ފޯނު ނުދިނުމުގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެ 1 އަހަރާއި 7 މަސް ދުވަހަށް ޖަލު ހުކުމެއް އިއްވާފައިވާ އެމަނިކުފާނުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިއަދު ކުރިއަށް ނުގެންދެވުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދަށު ކޯޓުން ލިބިފަނެތުމުންނެވެ.

އިސްތިއުނާފްގެ ޝަރީއަތަށް އެ ރިޕޯޓަކީ ވަރަށް މުހިންމު އެއްޗެއްކަމަށް މައުމޫނުގެ ވަކީލުން ވަނީ ބުނެފައެވެ.

މިކަމާގުޅޭ ގޮތުން މި މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވެފައިވަނީ އެކަން އެގޮތަށް ދިމާވެފައިވަނީ ބަޔާންތަކުގައި ކޮންމެވެސް އެއް ވަކީލެއްގެ ސޮއި ނެތުމުގެ ސަބަބުން ކަމަށެވެ. އެ ރިޕޯޓަށް ދަށު ކޯޓުގައި އެދިލެއްވުމުން މިހާރު ލިބިވަޑައިގަންނަވާނެ ކަމަށްވެސް ފަނޑިޔާރުންވަނީ ވިދާޅުވެފައެވެ.

މައުމޫނުގެ ވަކީލުންގެ ޓީމަށް ރިޕޯޓު ދިރާސާކުރަން ވަގުތު ދެއްވުމަށްޓަކައި މިއަދުގެ އަޑުއެހުންތައް ނިންމަވާލައްވާ ކުރިއަށް އޮތް ހަފްތާތެރޭ އަޑުއެހުމެއް ބާއްވާނެކަމަށް ފަނޑިޔާރުން ވަނީ އިއުލާނު ކުރައްވާފައެވެ. 

Advertisement

ކޮމެންޓް

Advertisement