Advertisement

ކެޓްރީނާ ކައިފް ދެން ސިންގަލް ކޮށް ހުންނާކަށް ބޭނުމެއްނޫން!

19 Feb 2019 | 10:28

ކެޓްރީނާ ކައިފް އަކީ ފަހުގެ އަހަރުތަކުގައި ބޮލީވުޑް ދުއް އެންމެ ރީތި އެއް އަންހެން ބަޠަލާއެވެ. 16 އަހަރުވަންދެން ހިންދީ ފިލްމުކުޅުމުގައި ހަރަކާތްތެރިވެފައިވާ ކެޓްރީނާގެ ތަރި އަދިވެސް އޮއްސޭކަށެއް ނޫޅެއެވެ. އަދި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދު، ކެޓްރީނާގެ މޮޅު އެކްޓިންގްއާއި ނެށުމުގެ ޙަރަކާތްތައް އެއީ އޭނާގެ މަޤްބޫލުކަން އިތުރުކޮށްދޭ ހުނަރުތަކެެއްކަން ފާހަގަކޮށްލެވެއެވެ.

ދާދި ފަހުން އެކްޓްރެސް ކެޓްރީނާއަށް މީހަކާއި ރައްޓެހިނުވެ ހުންނަނީ ކީއްވެތޯ ސުވާލުކުރަމުން އޭނާ ޖަވާބުދިނީ މިހެންނެވެ. "އަހަރެންނަކަށް ނޭނގެ. އަހަރެންނަކަށް ނޭނގެ އަހަރެން ތިބުނާ ކަންތައް ކުރަން ބޭނުންވާކަމެއްވެސް. މީހަކާއި ގޮސް ބައްދަލުކުރމަކުން އެއްވެސް ގޯހެއް ނެތް، އެކަމަކު ތިބާގެ މިޒާޖުގައި އެކަން ނެތީއާ ދެން އެ ވެގެންދާނީ އުނދަގޫ ކަމަކަށް ނޫންތަ؟" އެކަމަކު މިހެން ވާހަކަދެއްކުމަށްފަހު، ދެން ކެޓްރީނާ ވަނީ މި އަހަރުގެ ތެރޭ މީހަކާއި ލޯބީގެ ގުޅުމުން ގުޅެން ބޭނުންވާކަންވެސް އޭނާގެ ފޭނުންނާ ޙިއްސާކޮށްފައެވެ.

2019 ވަނަ އަހަރު ކެޓްރީނާ އުއްމީދުކުރަނީ ކޮން ކަންތައްތަކަކަށްތޯ ސުވާލުކުރަމުން، ބޭނުންވަނީ ފިލްމްފެއާރ އެވޯޑަކާއި، ބޯއިފްރެންޑްއަކާއި އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. އަދި ކެޓްރީނާ މި ޖަވާބުދިނީ އެއްވެސް ވަރަކަށް ޖެހިލުންވެސް ނުވެ، އޭނާ ބޭނުންވަނީ ކޯޗެއްތޯ ރަނަގަޅަށް އެނގިހުރިގެންކަންވެސް ސުވާލުތައް ކުރި އިންޓަރވިއު ބަލާލުމުން ހާމަވެއެވެ. 

Advertisement

ކޮމެންޓް