Advertisement

ސްޓީވެން ސްޕީލްބާރގް: ތިއެޓާރ ދިރުވަންޖެހޭ!

20 Feb 2019 | 07:36

އަހަރަމެން މިހާރު މި ދަންނަ "ހޮލީވުޑް" ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ތަޖުރިބާކާރު ފިލްމް އުފެއްދުންތެރިޔާ ސްޓީވެން ސްޕީލްބާރގް މި ދާއިރާގެ އެހެން ފަރާތްތަކަށް ވަރަށް ޙާއްސަ މެސެޖެއް ރައްދުކޮށްދީފިއެވެ. 

"ސިނެމާ އޯޑިއޯ ސޮސައިޓީ އެވޯރޑްސް" ގައި "ފިލްމްމޭކާރ" އެވޯރޑް ލިބިގަތުމަށްފަހު ސްޓީވެން ދެއްކި ވާހަކައިގައި އޭނާ ވަނީ، ހޮލީވުޑްގައި މަސައްކަތްކުރާ ފިލްމް އުފެއްދުންތެރިންނަށް ތިއެޓާރ ގެ މަތިން ހަންދާން ނައްތާނުލުމަށް އިލްތިމާސްކޮށްފައެވެ. އަދި "މޯޝަން ޕިކްޗާރ" ނުވަތަ ޓީވީ ތަކުން ފެންނަ ފިލްމުތަކުގެ އިތުރުން، ހޮލީވުޑް ފަންނާނުން ތިއެޓަރަށް ޙާއްސަ އުފެއްދުންތައް ތައްޔާރުކުރުމުގައި ޙަރަކާތްތެރިވުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ސްޕީލްބާރގް ބުނީ މިއީ އޭނާ އެއްގޮތަކަށްވެސް ޓީވީ އާއި ދެކޮޅުވީމަ ދައްކާ ވާހަކަތަކެއް ނޫންކަމަށާއި، އޭނާއަށް ޤަބޫލުކުރެވޭ ގޮތުގައި ތިއެޓަރަކަށް ގޮސް ތިއެޓާރ އުފެއްދުމެއް ބަލާލަން ލިބުމަކީ ވަރަށް ޙާއްސަ، ފިލްމުތަކަށް ވުރި މާ ފުރިހަމަ ތަޖުރިބާއެއްކަމަށެވެ. އަދި މި ތަޖުރިބާ ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން އެއީ ފިލްމުތައް އުފައްދާ ފަރާތްތަކުގެ އެހީއާއިއެކު ނޫނީ ނުވާނެކަމެއްކަމަށްެވެސް އޭނާ ސިފަކުރިއެވެ.

ސްޓީވަން ސްޕީލްބާރގް އިތުރަށް ވާހަކަދައްކަމުން ފާހަގަކުރީ، ފަހުގެ ތާރީޚުގައި ފިލްމް އުފައްދާ ފަރާތްތައް ޙާޞިލްކޮށްފައިވާ ތަފާތު ކާމިޔާބީތަކެވެ. އަދި އެންމެ މޮޅެތި ލިޔުންތެރިންނާއި ޑައިރެކްޓަރުންގެ އިތުރުން ފަންނާނުންގެ މަސައްކަތައް ތަޢުރީފްކުރަމުން ސްޓީވެން ވަނީ، ތިއެޓަރެއްގެ ތެރޭ ކަނު އަނދިރީގައި އިނދެ ނުދަންނަ ބަޔަކާ އެކު ތިއެޓަރުގެ އުފެއްދުމެއް ތަޖުރިބާ ކޮށްލުމުން ކުރެވޭ އިހުސާސްތަކަށްވެސް އަލިއަޅުވާލާފައެވެ. 

Advertisement

ކޮމެންޓް

Advertisement