ރައީސްކަމުގެ ހުވާކުރުން މިފަހަރު ގަލޮޅު ދަނޑަށް

04 Oct 2018 | 23:52

މި އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް ކަމުގެ ހުވާކުރެއްވުން ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް މަސައްކަތްކުރަމުން ގެންދާކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.

މި ރަސްމީޔާރުގެ ކަންކަން ބަލަހައްޓާ ކޮމެޓީގެ ރައީސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވިގޮތުގައި ގަލޮޅު ރަސްމީ ދަނޑުގައި އެ ރަސްމީޔާތު ބާއްވަން ހަމަ ޖެއްސީ ވީހާވެސް ގިނަ ރައްޔިތުން މި ރަސްމީޔާތުގައި ބައިވެރިކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އަދި މި ރަސްމީޔާތުގައި އެކުވެރި ޤައުމުތަކުގެ އެންމެ އިން ވެރިންނާއި، ފޮރިން މިނިސްޓަރުންނާއި ބޭތުގެ މިޝަންތަކުގެ އެންމެ އިސްކޮށް ތިއްބަވާ އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުން ބައިވެރިވަޑައިގަންނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވާ 150 އަށް ވުރެ ގައުމަށް ފޮރިންމިނިސްޓްރީ މެދުވެރިކޮށް ދައުވަތު ފޮނުވުމުގެ މަސައްކަތް ފެށޭނެކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ރަސްމީޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ބައިވެރި ވަޑައިގަންނަވާނެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މޯދީ އަށް ދައުވަތު އަރުވާފަ ކަންވެސް ފާހަގަކޮށްލަނެ ޖެހެއެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުން ހުވާކުރައްވާފައިވަނީ އާއްމު ރައްޔިތުންގެ ބައިވެރިވުން ނެތި ދައުލަތްތަކުގެ ވެރިންނާއި ސަރުކާރާ މުއައްސަސާ ތަކުގެ ވެރިންނާއި އިއްޒަތްތެރިން ބައިވެރިކޮށްގެންނެވެ.

Advertisement

ކޮމެންޓް