ކެޓްރީނާ އާއި ދީޕިކާ: ޒަމާންވީ ރުޅިވެރިކަން ފަހަތަށްޖައްސާ އެކުވެރިކަމައިގެން ކުރިއަށް!

20 Feb 2019 | 07:31

ދީޕިކަ ޕަޑުކޯން އާއި ކެޓްރީނާ ކައިފް އަކީ ބޮލވުޑްގެ އެންމެ އަލިގަދަ ދެ އަންހެން ފަންނާނުންނެވެ. އެހެންނަމަވެސް، މި ދެ ތަރިންެ ދެމެދު ހުރިހާ ކަމެއް އެންމެ ރަނގަޅު ނޫންކަމަށް ޚަބަރުތައް ފެތުރޭތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ގާތްގަނޑަކަށް އެއް އުމުރެއްގައި، އެއް ދުވަސްވަރަކު ބޮލީވުޑްއިން ވިދާލި މި ދެ އެކްޓްރެސް ދެމެދު އުފެދިފައިވާ ވާދަވެރިކަމުގެ ވާހަކަ މިއީ އެއްވެސް ޙާލެއްގައި އާ ވާހަކައެއްވެސް ނޫނެވެ.

ޕްރޮފެޝަނަލް ވާދަވެރިކަމެއްގެ އިތުރުން، ދީޕިކާ އާއި ކެޓްރީނާ ދެމީހުންވެސް އެކްޓާރ ރަންބީރް ކަޕޫރް އާ ލޯބީގެ ގޮތުން ގުޅި، ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވުން މިއީ މި ދެތަރިންގެ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އެންމެ ބޮޑު އެއް ސިއްރެވެ.

އެހެންނަމަވެސް، މިހާރު ސިންގަލް ކޮށް ހުރި ކެޓްރީނާއާއި، ދާދި ފަހުން ކުޅަދާނަ އެކްޓާރ ރަންވީރް ސިންގް އާއި ކައިވެނި ކުރި ދީޕިކާ ދެމެދު އޮތް ގުޅުން ކޮންމެެވެސް ވަރަކަށް ރަނގަޅުވަނީކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވެއެވެ.

ދާދި ފަހުން ބޭއްވުނު ދީޕިކާގެ ކައިވެނި ޕާޓީގެ ޙާއްސަ ދަޢުވަތެއް އޭނާއަށް ލިބުމުން، ކުއްލިއަކަށް އެ ދަޢުވަތު ޤަބޫލުކުރާ ހިތްވިކަން ކެޓްރީނާ ވަނީ އިންޓާރވިއު އެއްގައި ހާމަކޮށްފައެވެ. އަދި އެއް ކެރިއާރ ޕާތް އެއްގައި ކުރި އަރާ ކާމިޔާބީ ހޯދާފައިވާ ފަންނާނެއްގެ ގޮތުން އޭނާއަށް ދީޕިކާގެ މަސައްކަތުގެ އަގު ވަޒަންކޮށް، ދީޕިކާއަށް އިޙްތިރާމް ކުރާކަންވެސް ކެޓްރީނާ ވަނީ ބުނެފައެެވެ.

މިހާރު ދީޕިކާއާއި އެކު އެކުވެރިކަމެއްގެ އިހުސާސް ކުރެވޭތީ އުފާކުރާކަމަށް ބުނެ ކެޓްރީނާ ވާހަކަދައްކާފާވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ދީޕިކާ ކެޓްރީނާގެ ފޮޓޯއަކަށް މީސްމީޑިއާގައި ކޮމެންޓްކުރުމުން މި ދެ ފަންނާނުންގެ ގިނަ ފޭނުންތަކެއް ވަނީ ހައިރާންކޮށްލާފައެވެ.

Advertisement

ކޮމެންޓް

Advertisement