Advertisement

ނެޝަނަލް ލީގުގައި ޕޮލެންޑާއި އިޓަލީ އެއްވަރުވެއްޖެ

08 Sep 2018 | 15:24

އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލެންޑާއި އިޓަލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

އިޓަލީގައި ކުޅުނު މި މެޗުގެ 40 ވަނަ މިނެޓުގައި ޕިއޮޓްރޭ ޒިއެލިންސްކީގެ ގޯލުން ޕޮލެންޑުން ވަނީ ކުރި ހޯދައިފަ އެވެ. މި ގޯލަކީ އޭނާއާ އެއްކޮށް ކުރިން ނަޕޯލީ އަށް ކުޅުނު އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ހެދުނު ގޯހަކުން ޖެހި ލަނޑެކެވެ. އެހެންނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި ޖޯޖީނިއޯ ވަނީ ޕެނަލްޓީއަކުން އިޓަލީ އަށް އެއްވަރުކޮށްދީފަ އެވެ.

ރޭގެ މެޗުން އިޓަލީ އެއްވަރުވިއިރު މިއީ އިޓަލީގެ ކޯޗުކަމާ އަލަށް ހަވާލުވި ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.

މި ގްރޫޕުގެ ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެރޭ އިޓަލީން ލިޒްބަންގައި ނުކުންނާނީ ޕޯޗުގަލާ ދެކޮޅަށެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެ ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.

Advertisement

ކޮމެންޓް

Advertisement