ވިދީ އަތުން ޗެލްސީ އަށް ހަނި މޮޅެއް

05 Oct 2018 | 04:25

ޔޫރޯޕާ ލީގުގައި އަމިއްލަ ދަނޑުގައި ހަންގޭރީއަށް ނިސްބަތްވާ ވިދި އެފްސީ 1-0 ކުން ބަލިކޮށް ޗެލްސީ 3 ޕޮއިންޓް ހޯދައި ގުރޫޕުގެ އެއް ވަނައަށް ޖެހިލައިފިއެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޗެލްސީއަށް ޖަހާދިނީ 70 ވަނަ މިނެޓުގައި ވިލިއަން ބޮލުން ދިން ރީތި ޕާހަކުން މޮރާޓާއެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ނުރައްކާތެރި އެތައް ހަމަލާތަކެއް ޗެލްސީއިން ވަނީ އިދިކޮޅު ގޯލާއި އަމާޒުކޮށްފައެވެ. މި މެޗުގައި ޗެލްސީއަށް ލިބުނު 18 ކޯނަރު މިކަމުގެ ހެއްކަކަށް ފުދެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗެލްސީއިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ފެބްރިގާސްއެވެ. 

Advertisement

ކޮމެންޓް