"ޓްރިޕަލް ފްރޮންޓިއާރ": ނެޓްފްލިކްސްގެ ވަރުގަދަ އާ އެކްޝަން ފިލްމް!

24 Feb 2019 | 10:21

ނެޓްފްލިކްސް ގެ އެންމެ ފަހުގެ އެކްޝަން ފިލްމަކީ، ފިލްމްގެ ޓްރެއިލާރ ބަލާލުމުން އިނގޭނެ ގޮތުގައި އެއްވެސް ޙާލެއްގައި އާދައިގެ އެކްޝަން ފިލްމެއް ނޫނެވެ. "ޒީރޯ ޑާރކް ތާރޓީ" އާއި "ނާރކޯސް" އެއްކޮށްލީމަ ލިބޭނެ މަންޒަރުތަކެއް ސިފަކޮށްދޭ މި ފިލްމަކީ، ތަޖުރިބާކާރު ކާސްޓަކާއި އެކު، މޮޅެތި އެކްޝަން މަންޒަރުތތަކެއް ދައްކުވައިދޭނެ ފިލްމެއް ކަމަށް ބެލެވެއެވެ.

ފިލްމުގެ ހުނަރުވެރި ކާސްޓް އަށް ބަލާލާއިރު ބެން އެފްލެކް (ބެޓްމޭން ވާރސަސް ސުޕާރމޭން)، އޮސްކާރ އައިސެކް (އެކްސް މާކިނާ)، ޗާރލީ ހަނަމް (ސަންސް އޮފް އެނާރކީ)، ގަރެޓް ހެޑްލަންޑް (ޓްރޯން) އަދި ޕެޑްރޯ ޕަސްކާލް (ގޭމް އޮފް ތްރޯންސް) ފާހަގަކޮށްލެވެއެވެ. މީގެން ކޮންމެ ބަޠަލަކީވެސް މީގެ ކުރިން އެކްޝަން ޖޯންރާގެ އުފެއްދުންތަކެއް މެދުވެރިކޮށް ކާމިޔާބީ ޙާޞިލްކޮށްފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި ފިލްމާއި ޑްރާމާގެ އިތުރުން ސީރީޒް ވެސް ހިމެނެއެވެ.

"ޓްރިޕަލް ފްރޮންޓިއާރ" ޑައިރެކްޓް ކޮށްފައިވަނީ ޖޭ.ސީ. ޗަންދޯރ އެވެ. މި ފިލްމުން ފެނިގެންދާނީ ފައިސާގެ ބަަދަލަށް ހަނގުރާމަމަތީ އަމަލުތަކެއް ހިންގަމުން އަންނަ "ސޯލްޖާރސް އޮފް ފޯރޗިއުން" ތަކެކެވެ. މި މީހުންގެ ރިޓައަރމެންޓް ޕޭ ފަދަ ކެރިއަރާއި ގުޅުން ހުރި އެހެން ކަންތައްތަކާއި މެދި ހިތްހަމަނުޖެހިގެން، ފައިސާ ހޯދުމަށް އެމީހުން ތައްޔާރުކުރާ ރޭވުމަކާއި ގުޅިގެން ދިމާވާ ކަންތައްތައް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމު ނެޓްފްލިކްސް އަށް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މާރޗް 6 ގައެވެ.

Advertisement

ކޮމެންޓް

Advertisement