ނައިކީގެ "ސްމާރޓް ސްނީކާރސް" ރިލީޒްކުރިތާ ގިނަ ދުވަހެއް ނުވެ މައްސަލަތަކެއް!

22 Feb 2019 | 19:40

ބައެއް ފަހަރު ޓެކްނޮލޮޖީއަކީ އަހަރުމެން ބޭނުންވާ ގޮތަށް މަސައްކަތްކުރާ އެއްޗެއް ނޫނެވެ. އަދި އާ އީޖާދުތަކަކީ، ކާމިޔާބުވުމާއި ނާކާމިޔާބުވުމުގެ މެދު ތާށިވެފައިވާ ކަންތައްތަކަށް ވާއިރު، ނައިކީއިން އެންމެ ފަހުން ނެރުނު "ސްމާރޓް ސްނީކާރސް" އަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.

ބޫޓަށް އަރާ އެޕް އެއް މެދުވެރިކޮށް އެމީހެއްގެ ފައިގެ ބައްޓަމަށް ހެޔޮވަރުވަރަކަށް ބާރުކޮށްލެވޭ މި ބޫޓު، 350 ޑޮލަރަށް ގައިން ފަރާތްތަކަށް މިފަހަރު ދިމާވެފައިވަނީ ހިތްހަމަނުޖެހުމެވެ.

ބޫޓު ކަނެކްޓްވާނެކަމަށް ނައިކީ އިން ދަޢުވާ ކުރާ އެޕް އެއްވެސް ވަރަކަށް މަސައްކަތްނުކުރާކަމަށް ގިނަ ކަސްޓަމަރުން ދަނީމީސްމީޑިއާ މެދުވެރިކޮށް ނައިކީ އާއި ޙިއްސާ ކުރަމުންނެވެ. ނައިކީ އިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް މި މައްސަލަ ދިމާވާކަން ހާމަވުމުން، ބޫޓުގެ ސޮފްޓްވެއާރ އަދި ހާރޑްވެއާރ އާއި ކުޅެގެން ބޫޓު ރަނގަޅު ކުރާނެ ގޮތުގެ އިރުޝާދުތަކެއް ކަސްޓަމަރުންނަށް ދީފައެވެ.

އެހެންނަމަވެސް އަދިވެސް ނައިކީގެ މި ބޫޓާއި ގުޅިގެން ޝަކުވާތައް އައުން މަދުވެފައި ނުވާކަމަށް ފާހަގަކޮށްލެވެއެވެ. އަދި ޙާއްސަކޮށް އެންޑްރޮއިޑް ފޯންތަކާއި މި ބޫޓު ކޮމްޕެޓިބަލް ނޫންކަމުގެ އަޑުތައްވެސް މިހާރު ވަނީ ފެންމަތިވެފައެވެ.

ނައިކީ ކުންފުނިން މަސައްކަތް ނުކުރާ ބޫޓުތަކާއި މެދު ހަދާނެ ވަކި ގޮތެއް ހާމަކޮށްފައެއް ނެތެވެ. އަދި ކަސްޓަމަރުންގެ ޝަކުވާތަކަށް ނައިކީގެ އެޕް ރިވިއުތައް މެދުވެރިކޮށް އެ ކުންފުނިން ދަނީ ޖަވާބުދާރީ ވަމުންނެވެ. ކޮންމެއަކަސް، މުޅި ދުނިޔޭގައިވެސް އަމިއްލަ އަށް ބާރުވާނެގޮތައް ތައްޔާރުކޮށްފައިވާ ފުރަތަމަ "ސްމާރޓް ސްނީކާރސް" ވެގެންގޮސްފައިވަަނީ އެންމެ ކާމިޔާބު ޓެކްނޮލޮޖީ އަކަށް ނޫނެވެ.

Advertisement

ކޮމެންޓް