ހިޔު ޖެކްމަން އާއި އޭނާގެ "ވުލްވަރީން" ރޯލް ގިނެސް ވާރލްޑް ރެކޯޑް ފޮތަށް!

23 Feb 2019 | 12:15

އެކްޓާރ ހިޔު ޖެކްމަން ވަނީ ދުނިޔޭގެ ރިކޯޑެއް ޤާއިމްކޮށް، އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހަޤީގަތަށް ހަދާލާފައެވެ. މާރވެލް ފިލްމުތަކުގައި ލައިވް އެކްޝަން ސުޕާރ-ހީރޯ އެއްގެ ގޮތުގައި އެންމެ ދިގު ކެރިއަރެއް އުފައްދާފައިވުމުން ހިޔު ޖެކްމަން ވަނީ ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށް، ގިނިސް ރެކޯޑް ފޮރުން ޖާގައެއް ހޯދާފައެވެ.

16 އަހަރާއި 228 ދުވަހު "ވުލްވެރީން" ގެ ރޯލް އެހެން އެކްޓަރަކަށް ނުދީ ހިޔު ޖެކްމަން ހިފަހަށްޓާލާފައިވާއިރު، އޭނާއާއި އެކު "އެކްސް-މެން" ފިލްމުތަކުން ފެނިގެންދާ "ޕްރޮފެސާރ އެކްސް"ގެ ކެރެކްޓާރ ދައްކުވައިދޭ ސާރ ޕެޓްރިކް ސްޓިވާރޓްއަށްވެސް ވަނީ މި ރެކޯޑުގެ ޝަރަފު ޖެކްމަން އާއި އެކު ހިއްސާކޮށްފައެވެ.

ހިޔު ޖެކްމަން ބުނީ އޭނާ ކުޑައިރުވެސް ގިނެސް ފޮތަށް އަރާ ހިސާބުން އެ ދެން ދިރިއުޅުން ކާމިޔަބުވީކަމަށް އޭނާ ޤަބޫލުކުރާކަމަށާއި، އޭނާ އެކްޓިންގް ގެ ކެރިއަރެއް ޚިޔާރުކުރީވެސް މިހެންވެގެން ކަމަށެވެ. ޖެކްމަން ހާމަކުރިގޮތުގައި އެންމެ ކުޑަ ދުވަހުވެސް އޭނަޔާ އޭނާގެ ބޭބެ އުންމީދު ކުރީ ދިރިއުޅުމުގައި ކޮންމެވެސް ދުވަހަކުން ދުނިޔޭގެ ރެކޯޑެއް ޤާއިމުކުރެވޭނެކަމަށެވެ. މިޔުޒިކީ ތިއެޓަރުން އޭނާގެ ކެރިއާރ ފެށި ޖެކްމަން އަށް މި އަހަރު "ދަ ގްރޭޓަސްޓް ޝޯމެން" ފިލްމުގެ ސައުންޑްޓްރެކަށް ވަނީ ގްރެމީ އެވޯޑެއް ލިބިފައެވެ. އަދި މީގެ އިތުރުންވެސް އޭނާގެ ކެރިއަރުގައި ޖެކްމަން އަށް ވަނީ އެމީ އެވޯޑަކާއި ޓޯނީ އެވޯޑެއްވެސް ލިބިފައެވެ. 

ހިޔު ޖެކްމަންގެ "ވުލްވެރީން" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤްބޫލު ސުޕާރ-ހީރޯ އެކެވެ. 2000 ވަނަ އަހަރުން ފެށިގެން މާރވެލް ފިލްމުތަކުގައި "ވުލްވެރީން" ގެ ރޯލުން ފެނިގެންދާ ޖެކްމަން ނުދަންނަ ސުޕާރ-ހީރޯ ފޭނެއް މަދުވާނެއެވެ. އޭނާ އެންމެ ފަހުން "ވުލްވެރީން" ގެ ރޯލުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ރިލީޒްކުރެވުނު ފިލްމް "ލޯގަން" އިންނެވެ.

Advertisement

ކޮމެންޓް