Advertisement

ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ނުގަނެވޭ ގޮތަށް ޗެލްސީއަށް ފިޔަވަޅު އަޅައިފި

23 Feb 2019 | 01:24

ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ނުގަނެވޭ ގޮތަށް ޗެލްސީއާމެދު ފީފާއިން ފިޔަވަޅު އަޅައިފިއެވެ.

ޗެލްސީއަށް މި ފިޔަވަޅު އަޅާފައިވަނީ ޔޫތް ކުޅުންތެރިން ގަތުމުގައި ފީފާއިން ކަނޑައަޅާފައިވާ ގަވައިދުތަކައި ހީލާފުވެފައިވާތީ ކަމުގައި އެ ފެޑެރޭޝަނުން ހާމަކޮށްފައިވެއެވެ. ފީފާއިން ބެލި ބެލުމުގައި ޔޫތް ކުޅުންތެރިން ގަތުމުގައި ޗެލްސީއިން ގަވައިދާ ހިލާފު ވެފައިވާ 29 މައްސަލައެއް އޮތް ކަމުގައިވެސް ފީފާއިންވަނީ ބުނެފައެވެ.

ފީފާއިން ޗެލްސީއާމެދު އަޅާފައިވާ ފިޔަވަޅައި ގުޅިގެން އެ ކްލަބުގެ ކުޅުންތެރިން ރިލީސް ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާއެވެ. އަދި އެ ކްލަބުގެ އަންހެން އަދި ފުޓްސެލް ޓީމްތަކަށް މި ފަޔަވަޅު ތަންފީޒެން ނުކުރެވޭނެއެވެ.

މި މައްސަލައިގަ 460،000 ޕައުންޑުން ޗެލްސީ ޖޫރިމަނާ ކޮށްފައިވާއިރު އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަންވަނީ 390،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.

ފީފާއިން މި ފިޔަވަޅުތައް އަޅާފައިވަނީ ގައުމުން ބޭރު 18 އަހަރުން ދަށުގެ ކުޅުންތެރިން ގަތުމުގައި ޗެލްސީއިން އަމުލުކޮށްފައިވާ ގޮތްތަކާމެދު ތަހުގީގެއް ހިންގުމަށްފަހުއެވެ. 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފީފާއަކީ އަބަދުވެސް ވަރަށް ހަރުކަށި އަދި ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ ފެޑެރޭޝަނެއްކަމުގައި ފާހަގަކޮށްލެވެއެވެ.

ފަހުގެ ތާރިހުގައި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމުގައިވާ ޗެލްސީއިންވަނީ އެ ކްލަބައިމެދު އަޅާފައިވާ ފިޔަވަޅުތަކައި ދެކޮޅަށް އިސްތިއުނާފް ކުރާނެ ކަމުގައި ބުނެފައެވެ. 

Advertisement

ކޮމެންޓް