Advertisement

"ދަ ހޯންޓިންގް އޮފް ހިލް ހައުސް"ގެ ސީޒަން 2 އިން މުޅިން އާ ވާހަކައެއް!

03 Mar 2019 | 17:34

"ދަ ހޯންޓިންގް އޮފް ހިލް ހައުސް" އަކީ މިހާރު ނެޓްފްލިކްސް އިން ސްޓްރީމް ކުރެވެން ހުރި ޝޯތަކުގެ ތެރެއިން އެންމެ މޮޅު އެއް ހޮރޯ ޝޯއެވެ.

ހިތްއަވަސްކޮށްލާފަދަ ބިރުވެރި މަންޒަރުތަކެއް ދައްކުވައިދީ މި ސީރީޒް ރިލީޒް ކުރިތާ ގިނަ ދުވަސްތަކެއް ނުވެ ވަނީ ފޭނުންގެ މެދު މިފަދަ ޝޯތަކަށް ވަރަށް ޙާއްސަ ޝައުގުވެރިކަމެއް އުފައްދާފައެވެ. "ދަ ހޯންޓިންގް އޮފް ހިލް ހައުސް" ގެ ފުރަތަމަ ސީޒަން ނެޓްފްލިކްސް އިން ނިންމާލާފައިވަނީ، އާދަޔާ ޚިލާފު ވާހަކައަކަށް، ބެލުންތެރިން ހިތްހަމަޖެހޭނެ ފެންވަރުގެ މޮޅު ނިމުމަކާއިއެކުއެވެ. އަދި މިހާރު ނެޓްފްލިކްސް އިން ތައްޔާރުވަމުންދަނީ "ދަ ހޯންޓިންގް" ގެ ދެވަނަ ސީޒަން އެއް ތައްޔާރުކުރުމަށްފަހު ބެލުންތެރިންނަށް ދައްކާލުމަށްކަމަށް ޚަބަރުތައް ދަނީ ފެތުރެމުންނެވެ.

ނެޓްފްލިކްސް އިން މި ހަފްތާގެ ކުރީ ކޮޅު ކަށަވަރުކޮށްދިން ގޮތުގައި، "ހިލް ހައުސް" ގެ ޑިރެކްޓާރ މައިކް ފްލެނެގެން އަދި ޕްރޮޑިއުސާރ ޓްރެވޭރ މޭސީ ވަނީ އެ ކުންފުންޏާއެކު ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ސޮއިކޮށް، "ހިލް ހައުސް" ފަދަ އިތުރު އުފެއްދުންތަކެއް ތައްޔާރުކުރުމަށް މަގުފަހިކޮށްދީފައެވެ.

އެގޮތުން "ދަ ހޯންޓިންގް އޮފް ހިލް ހައުސް" ގެ ދެވަނަ ސީޒަން އެއް 2020 ގައި ރިލީޒްކުރުމަށް ތާވަލުކޮށް، މަސައްކަތްތައް މިހާރު ފެށިފައިވާކަމުގެ ޚަބަރުވަނީ ފެތުރިފައެވެ. "ދަ ހޯންޓިންގް އޮފް ބްލައި މެނާރ" ގެ ނަމުގައި ތައެްޔާރުކުރެވޭ ދެވަނަ ސީޒަންގައި ދައްކުވައިދޭނީ މުޅިން އާ ވާހަކައަކަށް ބިނާކޮށްފައިވާ ބިރުވެރި ކަންތައްތަކެކެވެ. އަދި "ހިލް ހައުސް" ގެ ނިމުން އެހާ ފުރިހަމަކޮށް އޮއްވާ އިތުރަށް އެވާހަކަ އާއި ތޮޅޭކަށް ބޭނުމެއް ނޫންކަމަށް ޑިރެކްޓާރ މައިކް ފްލެނެގެން ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް