Advertisement

ފަލަސްތީނާއެކު ދިވެހިން ތިބިއިރު، ސަރުކާރަށް ބަހެއް ބުނަން ނުކެރުނު: މެންބަރު ނަޝީދު

11 Oct 2023 | 14:52
މެމްބަރު ނަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް

ދިވެހިރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކޮށް ޝުއޫރުތައް ފާޅުކުރަމުންދާއިރު، މުސްލިމު ދައުލަތެއްގެ ގޮތުގައި އޮވެ އިޒްރާއިލްގެ ޔަހޫދީ ސިފައިން ޕަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ކުށްވެރިކޮށްލަން ސަރުކާރަށް ނުކެރުނުކަން ފާހަގަކޮށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله ނުރުހުން ފާޅުކުރައްވައިފި އެވެ. 

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަކުރަމުންދާ ފަރާތްތަކުން ދިން އިޒްރޭލުގެ ޔަހޫދީން ސިއްސައިގެންދިޔަ ހަމަލާތަކަށްފަހު ހަނގުރާމަ އިއުލާނުކޮށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ މައުމޫސު އެތައް ބައެއް ވަނީ ޝަހީދުވެގެން ގޮސްފައެވެ. 

އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 900 އިން މައްޗަށް އަރާފައިވާއިރު، އެ ރައްޔިތުންނަށް ކުއްލި އެހީއަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ވެސް ތަފާތު ފަންޑުތައް ހުޅުވައި މަސައްކަތްތައް ކުރަން ވަނީ ފަށާފައެވެ. 

Advertisement

އެކަމަށް އިޝާރާތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ "ދިވެހީން ފަލަސްތީނާއެކު" މި ޝިއާރުގެ ދަށުން ރައްޔިތުން މަސައްކަތް ކުރަމުންދާއިރު އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ސަރުކާރަށް ކުށްވެރިކޮށްލަން ނުކެރުމަކީ ހިތާމަކުރާ ކަމަށެވެ. 

ދިވެހިރާއްޖެއިން އދ އަށް މީހަކު އައްޔަންކޮށްފައި ހުންނަ ކަމަށާއި، ފޮރިން މިނިސްޓަރެއް ވެސް ސަރުކާރުގައި ހުންނައިރު، ޕަލަސްތީނުގެ ހައްގުގައި ސަރުކާރުގެ އެއްވެސް ފަރާތަކަށް މިހާތަނަށް ބަހެއް ބުނވިފައި ނުވާކަން މެމްބަރު ނަޝީދު ފާހަގަކުރެއްވި އެވެ. އަދި މުސްލިމު ދައުލަތެއްގެ ގޮތުގައި އޮވެ، އިސްލާމީ އުންމަތަކަށް މިވަރުގެ ހިތާމަވެރި ކަމެއް ދިމާވެގެންދާ ދަނޑިވަޅުގައި ބަސްބުނަން ނުކެރުމަކީ ފިނޑި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. 

"އެމްޑީޕީގެ މިއަދުގެ ސަރުކާރަށް އަދި ރަނގަޅަށް ނުފެނޭ ކަންނޭގެ ފަލަސްތީނުގެ ޣައްޒާއަށް އިސްރާއިލުން އެދޭ ހަމަލާތަކެއް. އދ އަށް ކަނޑައަޅާފައި ހުންނަ މީހަކު ހުރޭ. މިތަނުން އެމީހެއްގެ ނަން ކަނޑައެޅީ. ނުކެރުނު އެއްވެސް އެއްޗެއް ބުނާކަން. ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ނުކެރުނު މިކަމާއި ވާހަކަދައްކާކަށެއް. އެކަމަކު މީ އިސްލާމީ ގައުމެއް ހަމަ ދިވެހިން ފަލަސްތީނާއެކު މިހެން ކިޔަ ކިޔާ މި ތިބެނީ"

ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު

މޮސްޓާ އިތުރަށް ވިދާޅުވީ އެމްޑީޕީން ކޮންމެ ކަމެއް ވެސް ކުރަމުންދަނީ ދެއްކުންތެރިކަމުގެ ނިޔަތުގައި ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ބަލާލުމުން ވެސް އެކަން ފެނިގެންދާކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ޖޭއެސްސީ އިސްލާހުކުރުމަށް ސަރުކާރުން މިހާރު ހުށައަޅާފައިވާ އިސްލާހަކީވެސް ދެއްކުންތެރިކަމުގެ ނިޔަތުގައި ކަމަކަށް ކަމެއް ކުރާ އުސޫލުން ހުށައަޅާފައިވާ އިސްލާހެއް ކަމަށާއި، ވެރިކަން ނިމުމަކާއި ހަމަޔަށް އައުމުން އެ އިސްލާހު ހުށައެޅުމުގެ ބޭނުމެއް ވެސް ނެތްކަމަށް މެމްބަރު ނަޝީދު (މޮސްޓާ) ވިދާޅުވި އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement