އަމާންދިނުން ނޫން އެއްވެސް ގޮތެއް ރައީސް ޔާމީނަކަށް ނޯންނާނެ: މެންބަރު ރިޔާޒް

06 Oct 2018 | 01:41

އަމާން ދިނުން ނޫން އެއްވެސް ގޮތެއް ރައީސް ޔާމީނަކަށް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ ޕީޕީއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ހުންނެވީ އަމާން ދެއްވާ ގޮތަށް ނޫންކަމަށް ބުނުމުން އެކަމަށް ރައްދު ދެއްވަމުން މިއަދު ރިޔާޒް ކުރެއްވި ޓްވީޓެއްގައެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ ގާފިލްކަންމަތީ ރައީސް ޔާމީން އަރިހުގައި ތިއްބެވި މަދު ބައެއްކަމުގައެވެ.

"ޥޯޓް އޮޅުވާލީ" ގެ ނަމުގައި ޕީޕީއެމް އިން ގެންދަނީ ފާއިތުވި 3 ރޭ ވެސް ޕީޕީއެމް އޮފީސް ކުރިމަތީ އަޑު އުފުލާފައެވެ. އަދި މި އެއްވުމުގައި ވަނީ ރައީސް ޔާމީން ވެސް އަމަލީ ގޮތުން ބައިވެރިވެ އިންތިހާބާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުންގެ ހައްޤުގައި ރައްޔިތުންނާއެކު ހުންނަވާނެ ކަމުގެ ޔަޤީންކަން އައުވާފައެވެ. 

Advertisement

ކޮމެންޓް

Advertisement