12 މެންބަރުންގެ ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނޯންނާނެ: އަލީ ހުސައިން

06 Oct 2018 | 05:37

12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމާއެކު ސުޕުރީމް ކޯޓުން އެ މައްސަލައާއި ގުޅޭގޮތުން އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނޯންނާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ވީދާޅުވެފައިވަނީ ހުށަހެޅި ދައުވާ ނެތި ދިއުމުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުމުންވެސް އެކަމާމެދު ސުޕްރީމް ކޯޓުން ދައްކަވަންޖެހޭ އިތުރު ވާހަކައެއް ނޯންނާނެ ކަމުގައެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމައި އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތް ނިންމުން ބާތިލުކޮށް އެކަން ކޮމިޝަނުން އިއުލާނު ކުރުމުން ސުޕްރީމް ކޯޓުން ކޮމިޝަނުގެ ފަހުގެ ނިންމުން ބާތިލު ކަމަށް ކަނޑައެޅުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށާއި މިއަދާ ޖެހެންދެންވެސް ސުޕުރީމް ކޯޓުން އިއްވާފައިވާ އެއްވެސް ހުކުމެއް އަދި އަމުރެއްގައި މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެއް ނުވާކަމަށްވެސް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ބޭނުންފުޅު ނަމަ މިހާރުވެސް ގޮތެއް ކަނޑައަޅުންވަންވީ ކަމަށާއި އެހެންނަމަވެސް 12 މެންބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ރައްޔިތުންގެ ހައްގު ގެއްލި އެތަކެއް ދުވަސްތަކެއް ވޭތުވެގެން ދިޔައިރުވެސް އެ މައްސަލައާއި ގުޅޭ ގޮތުން ސާފު ނިންމުމެއް ނިންމާފައި ނުވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް އަލީ ހުސެއިން ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރު ދިމާވެގެން އުޅޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުއާއި ރައީސްއުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާފާނެތީ ދިމާވެގްން އުޅޭ މައްސަލައެއް ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ނުފޫޒު ރާއްޖޭގެ ކޯޓުތަކަށް އޮތް މިންވަރު ފުރާޅުތަކުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔާރު ކުރުމުން ހާމަވާކަމަށާއި 12 މެންބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައަކީ ވެސް ނުފޫޒުގެ ބޭނުން ކޮށްގެން ސަރުކާރުން ކުރާ ކަމެއް ކަމުގެ ތުހުމަތު އަލީ ވަހީދު ވަނީ ކުރުއްވާފައެވެ. 

Advertisement

ކޮމެންޓް