Advertisement

ބްރައިޓަންއިން ވެސްޓް ހަމް އަތުން މޮޅުވެއްޖެ

06 Oct 2018 | 02:30

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އެ ޓީމުގެ އަމިއްލަ ދަނޑުގައި ވެސެޓް ހަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.

މި މެޗުން ބްރައިޓަން މޮޅުވީ 1-0 ކުންނެވެ. ބަރައިޓަންގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 25 ވަނަ މިނެޓުގައި ގްލެން މުރޭއެވެ. މިއީ މިސީޒަނުގައި 35 އަހަރުގެ މުރޭ ޖެހި 5 ވަނަ ލަނޑެވެ.

ބްރައިޓަންގެ މި މޮޅާއެކު އެޓީމް ވަނީ ތާވަލުގެ 12 ވަނައަށް ޖެހިލާފައެވެ. މި ސީޒަނުގައި އައު ކުޅުންތެރިންނަށް ބޮޑު ހޭދަތަކެއް ކޮށްގެންވެސް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވޭ ވެސްޓް ހަމް އޮތީ ތާވަލުގެ 15 ވަނައިގައެވެ. އެއީ ކުޅުނު 8 މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ. 

Advertisement

ކޮމެންޓް