Advertisement

އޮސްކާރ އެވޯޑްސް 2019: ގްރީން ބުކް އަށް ބެސްޓް ޕިކްޗާރ

25 Feb 2019 | 19:22

ހޯސްޓް އަކާވެސް ނުލާ މިފަހަރު ކުރިޔަށް ގެންދިޔަ އެކެޑެމީ އެވޯރޑްސް ހާޞިލްކޮށްފައިވާ ފަރާތްތައް އިއުލާންކޮށް، 2019 ވަނަ އަހަރުގެ އޮސްކާރސް ރަސްމިއްޔާތު ބާއްވާ ނިމިއްޖެއެވެ.

ތަފާތު އެކި އުފެއްދުންތަކަކަށް އެކެޑެމީގެ ފަރާތުން ތާރީޚީ ސަމާލުކަމެއް ލިބިގެންދިޔަ މި އަހަރުގެ އޮސްކާރ އެވޯޑް ހާޞިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މީގެ ކުރިން އެކެޑެމީގެ ސްޓޭޖުތައް މަތިން ދައްކާލާފައިނުވާ ފަދަ އުފެއްދުންތަކެއް ފާހަގަކޮށްލެވެއެވެ. އެގޮތުން ސުޕާރ-ހީރޯ ފިލްމް "ބްލެކް ޕެންތާރ" އަށް ބެސްޓް ޕިކްޗާރ އެވޯޑު ނުލިބުނެއްކަމަކު، ޕްރޮޑަކްޝަން ޑިސައިން އަދި ކޮސްޓިިއުމްސް ގެ ދާއިރާއިން އޮސްކާރސް ލިބިގައިން ހަމައެކަނި އެފްރިކާ-އެމެރިކާ ނަސްލުގެ ފަންނާނުންނަށް ވެގެންގޮސްފައިވަނީ، އެ ފިލްމުގެ ދެ ކްރިއު މެމްބަރުން ކަމަށްވާ ހެނާ ބީޗްލާރ އަދި ރޫތް އީ. ކާރޓާރ އެވެ. އަދި ބެސްޓް އޮރިޖިނަލް މިޔުޒިކް ސްކޯރ ގެ އެވޯޑުވެސް ހާޝިލްކޮށްފައިވާ "ބްލެކް ޕެންތާރ" ވަނީ، ދުވަހަކުވެސް އޮސްކާރގައި ސުޕާރ-ހީރޯ ފިލްމަކަށް ނުލިބޭވަރުގެ ކާމިޔާބީއެއް ލިބިގެންފަކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް ފާހަގަކޮށްލެވޭ އެވޯޑުތަކަށް ބަލާލާއިރު، އެމެރިކާގައި 1960 ގެ އަހަރުތަކުގައި އޮތް ނަސްލީ ތަފާތުކުރުމާ ގުޅިފައިވާ މަންޒަރުތައް ދައްކުވައިދޭ ފިލްމް "ގްރީން ބުކް" އަށް ވަނީ ބެސްޓް ޕިކްޗާރ ގެ އެވޯޑު ހާޞިލްކުރެވިފައެވެ. އަދި ބްލޮކްބަސްޓާރ ފިލްމް "ބޮހީމިއަން ރެޕްސޮޑީ" ވަނީ "ބްލެކް ޕެންތާރ" އަށް ވުރެ ކުރިއަށްޖައްސާލުމަށްފަހު 4 އެވޯޑެއް އޮސްކާރ ހަފްޟާގައި ހޯދާފައެވެ. މި ފިލްމުން މަޤްބޫލު "ކުއީން" ބޭންޑްގެ ލަވަކިޔުންތެރިޔާ ފްރެޑީ މާރކިޔުރީގެ ރޯލް އަދާކުރި ރަމީ މަލެކް އަށް ވަނީ ބެސްޓް އެކްޓާރ ގެ އެވޯޑު ލިބިފައެވެ. އަދި ބެސްޓް އެކްޓްރެސް ގެ އެވޯޑު ހާޞިލްކޮށްފައިވަނީ، ފިލްމް "ދަ ފޭވަރިޓް" އިން އެކްޓްރެސް އޮލިވިއާ ކޯލްމަން އެވެ.

"ބްލެކް ޕެންތާރ" އަށް ފަހު މިފަހަރު އޮސްކާރސް ގައި ވާދަކުރި ދެވަނަ "މާރވެލް" ފިލްމް ކަމަށްވާ "ސްޕައިޑާރ-މޭން: އިންޓު ދަ ސްޕައިޑާރވާ-ރސް" އިން ވަނީ ބެސްޓް އެނިމޭޓެޑް މޯވީގެ އެވޯޑު ހޯދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ ސިޔާސީ މަޝްރަޙާވެސް ގުޅުންހުރި ގޮތަކަށް ކުރިޔަށް ދިޔަ 2019 ވަނަ އަހަރުގެ އޮސްކާރސް ވެގެންގޮސްފައިވަނީ، ފާއިތުވި އަހަރު ތަފާތު ހުނަރުތައް ދައްކުވައިދިން ފަންނުވެރިންނަށް އިނާމު ލިބިގެންދިޔަ ރަސްމިއްޔާތަކަށެވެ. ހޯސްޓަކާއި ނުލާ ކުރިޔަށް ދިޔަ މި އަހަރުގެ ޝޯގައި ސްޓޭޖް މަތިންވެސް ފާހަގަކޮށްލެޥެ ޕާރފޯރމަންސް ތަކެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން ލޭޑީ ގާގާ އާއި ބްރޭޑްލީ ކުޕާރ އެމީހުންގެ އޮސްކާރ-ނޮމިނޭޓެޑް ފިލްމް "އަ ސްޓާރ އިސް ބޯރން" ގެ ލަވަ އޮސްކާރ އެވޯޑް ހަފްޟާގައި ހުށަހަޅައިދިނުމުން ފޭނުން މީސް މީޑިއާގައި ދަނީ އެމީހުންގެ ހުނަރަށާއި، މި އަހަރުގެ އާދަޔާ ޚިލާފަށް ފުރިހަމަ އޮސްކާރސް އަށް ތަޢުރީފުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement