Advertisement

ޕްރައިމަރީން ބަލިވި ފަރާތްތައް އަމިއްލަގޮތުން ވާދަކުރާނަމަ ފިޔަވަޅު އަޅާނަން: އެމްޑީޕީ

25 Feb 2019 | 15:15

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ބަލިވި ފަރާތްތައް، އަމިއްލަގޮތުން ވާދަކުރާނަމަ އެފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ ޕްރައިމަރީތަކުގައި ބަލިވާ ފަރާތްތަކުން އިންތިޚާބުތަކުގައި ވާދަކުރުމާއި މެދު އެއްވެސް ހުރަހެއް ނެތްކަމަށްބުނެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމާމެދު ހައިރާންވާކަމަށާއި ޕްރައިމަރީން ބަލިވި ފަރާތްތަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ ޕާޓީން މަޝްވަރާ ކުރުމަށް ފަހު އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

 އެ ފިޔަވަޅުތަކުގެ ތަފްސީލް، ޕާޓީގެ ލީޑަރޝިޕުން މަޝްވަރާ ކުރެއްވުމަށް ފަހު ހާމަކުރާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ.

Advertisement

ކޮމެންޓް