އާސަރުކާރު ހާވާލުވާ ފުރަތަމަ ދުވަހުން ފެށިގެން ހިދުމަތް މިހާރަށް ވުރެ ފުރިހަމައަށް ލިބޭނެ - ޝާހިދު

06 Oct 2018 | 12:56

23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބް ގުޅިފައިވާ އިއްތިހާދުން ކާމިޔާބު ކުރުމަށް ފަހު މިހާރު ދަނީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާއެވެ.

އެގޮތުން ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގައި ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ޝާހިދު ހާމަކުރެެއްވި ގޮތުގައި މެދުނުކެނޑި މަސައްކަތް ކުރަމުން ދަނީ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އާ ސަރުކާރުގެ ފުރަތަމަ ދުވަހުވެސް ލިބޭގޮތްތަށް އިންތިޒާމް ކުރުންކަމަށެވެ.

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާއާ ބެހޭ ގޮތުން އަބްދުﷲ ޝާހިދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވި ގޮތުގައި އިބޫގެ ސަރުކާރު ވެގެންދާނީ ފަސޭކަމާއެކު ހިދުމަތް ލިބެމުންދާ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.

"މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ރަނގަޅަށް ސިވިލް ސާވެންޓުން މެދުވެެރިކޮށް ދެނެގަނެ އެ މަސައްކަތްތައް އެއަށްވުރެ ފުރިހަމަކޮށް ރައްޔިތުންނަށް އަވަސް ހިދުމަތްތައް ލިބޭނެގޮތަށް ފުރަތަމަ ދުވަހުން ފެށިގެން އިންތިޒާމްކުރުން. އެއީ މިހާރު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިހާތަނަށް ސަރުކާރުގެ 15 މިނިސްޓްރީ ތެރެއިން ނުވަ މިނިސްޓްރީ އަކަށާއި ކުން ފުނި ތަކުގެ ތެރެއިން އަށް ކުންފުންޏަކަށް ޒިޔާރަތްކުރެވިފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement