Advertisement

ދިލް ބޭޗާރާ: "ދަ ފޯލްޓް އިން އަވާރ ސްޓާރސް" ގެ ބޮލީވުޑް ވާރޝަން!

26 Feb 2019 | 10:37

2013 ވަނަ އަހަރު "ކައި ޕޯ ޗޭ" އިން ބޮޑު ސްކްރީން ދޫކޮށް ފިލްމުތަކުން ފެނިގައިން ސުޝާންތް ސިންގް ރާޖްޕުތް އަކީ މިހާރު ބޮލީވުޑްގައި ޙަރަކާތްތެރިވާ އެންމެ ހުނަރުވެރި ފަންނާނުން ތެރެއިން ހިމެނޭ ތަރިއެކެވެ. އަދި 2019 ވަނަ އަހަރު ރިލީޒްކުރުމަށް ސައިފް އަލީ ޚާން އާއި އޭ.އާރ. ރަޙްމާން އާއި އެކު ސުޝާންތް މަސައްކަތްކުރަމުން އަންނަ ފިލްމަށް ވަނީ، ސުޝާންތް ގެ ކެރިއަރަށް ކުއްލި ކުރިއެރުމެއް ލިބުނު ފަދައިން ގިނަ ބައެއްގެ ސަމާލުކަންވެސް ހުއްޓިފައެވެ.

"ދިލް ބޭޗާރާ" ނަމަކަށް ކިޔޭ މި ފިލްމަކީ، އެމެރިކާގެ ބޮކްސް އިފީހުގައި ރިކޯޑް ވިޔަފާރިއެއް ކުރި ޒުވާން ލޯބީގެ ފިލްމުކަމަށްވާ "ދަ ފޯލްޓް އިން އަވާރ ސްޓާރސް" ގެ ހިންދީ އުފެއްދުންކަށް ފާހަގަކޮށްލެވެއެވެ.

މި ފިލްމާއި މެދު ވާހަކަދައްކަމުން ސުޝާންތް ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓް އޭނާއަށް ވަރަށް ކަމުދިޔަކަމާއި، އަދި އެހެންވެގެން އޭނާގެ ހިތް ބުނާތީ ފިލްމުކުޅެން އެއްބަސްވީކަމަށެވެ. މީގެ އިތުރުންވެސް، އިނގިރޭސި "ދަ ފޯލްޓް" ބިނާކޮށްފައިވާ އަސްލު ވާހަކަވެސް ސުޝާންތް ކިޔާފައިވުމުގެ އިތުރުން، އެ ފިލްމު އޭނާއަށް ވަރަށް ކަމުދިޔަކަމަށްވެސް ސުޝާންތް ފާހަގަކޮށްފައިވެއެވެ.

މި ފިލްމުގައި ސުޝާންތް ސިންގް ރާޖްޕުތްގެ އިތުރުން އިސް ރޯލް ތަކުން ފެނިލަން ހަމަޖެހިފައިވަނީ، ޒުވާން އަދި ބޮލީވޫޑް އަށް ފުދޭވަރަކަށް އާ އެކްޓްރެސް ސަންޖަނާ ސަންގީ ("ރޮކްސްޓާރ" (2011)) އާއި ތަޖުރިބާކާރު އެކްޓާރ ސައިފް އަލީ ޚާން އެވެ. މި ފިލްމަށް އަދި ވަކި ރިލީޒް ޑޭޓް އެއް ކަނޑައަޅާފައެއް ނެތެވެ.

Advertisement

ކޮމެންޓް

Advertisement