ސެލީނާ ފަހަތަށް ޖައްސާލުމަށްފަހު އިންސްޓަގްރާމްގެ އެންމެ ފޮލޮވަރުން ގިނަ އަންހެން ތަރިއަކަށް އާރިއާނާ!

03 Mar 2019 | 09:05

ޒުވާން ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ވަނީ، މިއުޒިޝަން އަދި ކުރީގެ "ޑިސްނީ" ތަރި ސިލީނާ ގޯމެޒް 2016 ވަނަ އަހަރުންސުރެ ދިފާޢުކުރަމުން އަންނަ މަޤާމެއް ހާސިލްކޮށްފައެވެ. ގޯމެޒް އަކީ 2016 ވަނަ އަހަރުންސުރެ އިންސްޓަގްރާމްގައި އެންމެ ފޮލޮވަރުން ގިނަ އަންހެން ތަރިއެވެ.

އެހެންނަމަވެސް ހޯމަ ދުވަހާއި ހަމަޔަށް، އާރިއާނާ ގްރާންޑޭ ވަނީ 146،286،173 ފޮލޮވަރުންނާއި އެކު، ސެލީނާ ފަހަތަށް ޖައްސާލުމަށްފަހު މުޅި އިންސްޓަގްރާމްގައި އެންމެ ފޮލޮވަރުން ގިނަ އަންހެން ފަންނާނަށް ވުމުގެ ޝަރަފު ލިބިގެންފައެވެ.

146 މިލިއަނަށް ވުރެ ގިނަ ފޮލޮވަރުންނާއި އެކު ދެން އާރިއާނާއަށް ވުރެ ކުރީގައި އިންސްޓަގްރާމްގައި އުޅޭނީ ދުނިޔޭގެ ފުޓުބޯޅަ ސުޕާރ-ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ އިންސްޓަގްރާމް ފޮލޯ ކުރާ ތަފާތު 155 މިލިއަނަށް ވުރެ ގިނަ ބަޔަކު އުޅުމުން ރޮނާލްޑޯއަކީ އިންސްޓަގްރާމްގެ އެންމެ ކާމިޔާބު އެއް ތަރިކަންވެސް ފާހަގަކޮށްލެވެއެވެ.

"ބިލްބޯރޑް" އިން ހާމަކޮށްފައިވާ ގޮތުގައި އާރިއާނާގެ މި ރެކޯޑް ލިބިގަތުމުގެ ސިއްރަކީ އޭނާ ފެބްރުއަރީ މަހު ރިލީޒްކުރި ސުޕާރ-ހިޓް އަލްބަމް "ތޭންކް ޔޫ، ނެކްސްޓް" ގެ ކާމިޔާބީކަމަށް ލަފާކުރެވެއެވެ.

"ބިލްބޯރޑް" ގެ ރެކޯޑްތަކެއްވެސް ހާޞިލްކުރަމުންދާ މި އަލްބަމްގެ ހުރިހާ ލަވަތަކެއްހެންވެސް ޗާޓުތަކުގައި ވަރަށް ރަނގަޅަށް ޕާރފޯރމްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބާރ މަހުން ފެށިގެން ސިންގަލް އާރިއާނާގެ ޒުވާން ފޭނުން ދަނީ އެހެންނޫނަސް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއާއި ޚިލާފަށް، އާރިއާނާގެ ކުރިން އިންސްޓަގްރާމްގައި އެންމެ ފޮލޮވަރުން ގިނަ އަންހެން ތަރި ސިލީނާ ގޯމެޒް މިދިޔަ އަހަރުގެ ސެޕްޓެމްބާރ އިން ފެށިގެން މި އަހަރުގެ ޖެނުއަރީއާއި ހަމަޔަށް ހުރީ، އިންސްޓަގްރާމްގައި އެއްވެސް އާ އެއްޗެއް ޕޯސްޓްނުކޮށް މީސްމީޑިއާ އާވެސް ވަރަށް ދުރުކޮށްކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް