ދިރާގު ރޯޑު ރޭސްގެ ބައިވެރިންނަށް ތަމްރީނު ދެނީ

06 Oct 2018 | 15:46

ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑު ރޭހުގެ ބައިވެރިންނަށް ދިރާގުގެ ފަރާތުން ހިލޭ ތަމްރީނު ދޭން ނިންމައިފިއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ތަމްރީނުތައް ދޭން ޗޯޗިންގ ޕާޓްނަރުންގެ ގޮތުގައި 4 ފަރަތެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެ ފަރާތްތަކަކީ ޓްރެއިން ވިތް ކައި، ސާއިދު ސްޕޯޓްސް، އައި ރަނާސް އަދި ކޭވައި ސްޕޯޓްސް އެކަޑަމީއެވެ.

މިގޮތުން މުޅި ރާއްޖޭގައިވެސް ހުރި އެންމެ ބާރު ދުވުންތެރިޔާ ސާއިދުގެ ސާއިދު ސްޕޯޓްސްއިން ތަމްރީނު ދޭނީ ރޭހުގައި އަލަށް ބައިވެރިވާ ފަރާތްތަކަށެވެ. އައި ރަނާސް ތަމްރީނުތައް ދޭނީ ރޭހުގައި ބައިވެރިވާ އަންހެން ބައިވެރިންނަށެވެ.

ޓްރެއިން ވިތް ކައި އިން ބުންވަރު ރަނގަޅު ކުރަން ތަމްރީނު ދޭއިރު ކޭވައި ސްޕޯޓްސް އެކަޑަމީއިން ރޭހުގެ ބައިވެރިވާ ގިނަ އަދަދެއްގެ ބައިވެރިންނަށް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމަށް 48 ގަޑިއިރު ތެރޭގައި 4000 މީހުން ރަޖިސްޓަރ ވެ ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ.

މި ރޭހުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.  

Advertisement

ކޮމެންޓް