Advertisement

ވީއައިއޭގައި ރެކޯޑް އަދަދަކަށް ފުލައިޓް ޖައްސައިފި

27 Feb 2019 | 10:33

މިދިޔަ އާދީއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރެކޯޑް އަދަދަކަށް ފުލައިޓް ހަރަކާތް ހިނގާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ

އެކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް އެއާރޕޯޓްގެ އެއާރ ޓްރެފިކު ކޮންޓްރޯލާއަށް 219 ފުލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައިވާކަމަށެވެ.

އެއީ ފާއިތުވި ޖެނުވަރީ ހަވަނަ ދުވަހު ރެލޯޑް ކުރެވު މޫވްމަންޓަށް ވުރެ އިތުރު އަދަދެއް ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. އަދި ޖެނުވަރީ ހަ ވަނަ ދުވަހު ރެކޯޑް ކުރެވިފައިވަނީ 214 ރަންވޭ މޫވްމަންޓް ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. މިދިޔަ އާދީއްތަ ދުވަހު ރެކޯޑް ކުރެވުނު 219 މޫވްމަންޓާއި އެކު ވީއައިއޭގެ ފުލައިޓް މޫވްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެފައިވާކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

މިމަހުގެ ތިންވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ވަނީ ސީޕްލޭން މޫވްމަންޓްގެ އާ ރެކޯޑެއް ހަދާފައެވެ. އެދުވަހު އެކަނިވެސް ސީޕްލޭންގެ 531 މޫވްމަންޓް ރެކޯޑް ކުރެވިފައިވާކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް