Advertisement

ަޕާކިސްތާނުން އިންޑިޔާގެ ފައިޓަރ ޖެޓެއް ވައްޓާލައިފި

27 Feb 2019 | 13:14

ޕާކިސްތާނުން އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އިންޑިޔާގެ ވައިގެ ސިފައިންގެ ފައިޓަރ ޖެޓްތަކެއް ވައްޓާލައިފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ދެ ފައިޓަރ ޖެޓް ވައްޓާލާފައިވަނީ އެގައުމުގެ ސަރަހައްދީ އިމުގެތެރެއަށް ވަދެގެން އުޅެނިކޮށް ކަމަށެވެ. އެ ދެ ފައިޓަރ ޖެޓްގެ ޕައިލެޓުން ޕާކިސްތާނުން ވަނީ ހައްޔަރުކޮށްފައެވެ.

ބެލެވޭ ގޮތުގައި މި ދެ ފައިޓަރ ޖެޓަކީ ޕާކިސްތާނުގައި ތިބި ޓެރަރިސްޓުންކަމަށް އިންޑިޔާއިން ތުހުމަތުކުރާ ފަރާތްތަކަށް ހަމަލާ ދިނުމަށް ހަރަކާތްތެރިވަމުންދިޔަ ޖެޓްތަކެކެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ޖެޓްތައް ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންކަމަށެވެ.

ޖައްމޫ ކަޝްމީރުގެ އިންޑިޔާއާއި ވީފަޅީގައި ދިން ޓެރަރިސްޓް ހަމަލާގެ ފަހުން ދެގައުމުގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. އެގޮތުން އިންޑިޔާއިން ދާދިފަހުން ވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ، ޓެރަރިސްޓުންކަމަށް ބުނާ ބަޔަކަށް ހަމަލާދީފައެވެ.

އެކަމާއި ގުޅިގެން ޕާކިސްތާނުން ވަނީ ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރުދީފައެވެ.

Advertisement

ކޮމެންޓް