Advertisement

ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު ރާއްޖެ ވަޑައިގެންފި

06 Oct 2018 | 16:05

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރާއްޖެ ވަޑައިގެންފިއެވެ.

އޭނާ ރާއްޖެ ވަޑައިގަތުމާއެކު މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމެވެ.

އޭގެ އިތުރުން އެޕާޓީގެ އިސް ބޭފުޅުންނާއި ކައުންސިލް މެންބަރުންގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި ބައެއް މެންބަރުން ވެސް ޖަމީލަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

ޖަމީލު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރަން މަސައްކަތް ފެށުމުން 2015 ވަނަ އަހަރު އެވެ.

އޭގެ ފަހުން އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ސަރުކާރާ ދެކޮޅަށް އުފެއްދި ފުރަތަމަ ކޯލިޝަން ކަމަށްވާ، ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަކީ ޖަމީލުކަން ފާހަގަކޮށްލަން ޖެހެއެވެ.

މިވަގުތަކީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމުން ބޭރަށް އަމިއްލަފުޅަށް އަރުވާލެވިގެން ތިއްބެވި ގިނަ ސިޔާސީ ބޭފުޅުން ގެންދަވަނީ އެނބުރި ގައުމަށް ވަޑައިގަންނަވަމުންނެވެ. އަދި ޖަލު ބަންދުގައި ތިއްބެވި ސިޔާސީ ލީޑައުންނާ އިދިކޮޅު މެންބަރު ތަކެއްވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްފައެވެ.

Advertisement

ކޮމެންޓް