އިންޑިޔާއާއި ޕާކިސްތާނުގެ އެއަރޕޯޓްތައް ބަންދުކުރަނީ

27 Feb 2019 | 13:20

އިންޑިޔާއާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެފައިވާއިރު، ދެގައުމުގެ ގިނަ އެއަރޕޯޓްތަކެއް ބަންދުކޮށް، ހައި އެލާޓަށް ގެނެސްފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އިންޑިޔާާއިން ވަނީ ޕާކިސްތާނުގެ ބޯޑަރ ކައިރީގައިވާ ޖައްމޫ، ޝްރީނަަގަރް، އަމްރިތްސަރް، ޕަތާންކޮ، ޗަންދީގަރ އަދި ދެހެރާދޫންގެ އެއާޕޯޓުތައް ވަކި މުއްދަތެއް ނެތްގޮތަށް އާންމު ފްލައިޓްތަކަށް ބަންދުކޮށްފައެވެ.

އަދި ޕާކިސްތާނުގެ ފަޅިން އިސްލާމްއާބާދު، ލާހޯރު އަދި ފައިސަލްއާބާދުގެ އެއަރޕޯޓްތައްވެސް ވަނީ އާންމު ފްލައިޓްތަކަށް ބަންދުކޮށްފައެވެ.

އާންމު ފްލައިޓްތަކަށް އެއަރޕޯޓްތައް ބަންދުކޮށްފިނަމަ ހަނގުރާމައިގެ ހާލަތެއްގައި، ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އެ އެއަރޕޯޓްތަކުގެ ރަންވޭތައް ބޭނުންކުރެވޭނެއެވެ.

ޕާކިސްތާނާއި އިންޑިޔާގެ ހަނގުރާމަމަތީ ބޯޓުތައް ވަނީ އެއް ގައުމުން އަނެއްގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައެވެ.

Advertisement

ކޮމެންޓް

Advertisement