Advertisement

ކަރީނާ ބަނޑު ބޮޑު މީހެއްގެ ރޯލުން!

27 Feb 2019 | 22:22

ބޮލީވުޑުގެ ފިލްމު "ގުޑު ނިއުސް"ގައި ކަރީނާ ފެނިގެންދާ ލުކު އާންމުވެއްޖެއެވެ.

ކަރީނާ އަކީ ބަނޑު ބޮޑުއިރުގައިވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރެވިދާނެ ކަން ހާމަކޮށްދިން ތަރިއެކެވެ.

އެގޮތުން އޭނާވަނީ ފެޝަން ޝޯތަށާއި އިސްތިހާރު ގެ އިތުރުން ޕޮޓޯ ޝޫޓްތައް ވިހަން ކައިރިވެފައި ވަނިކޮށްވެސް ކޮށްފައެވެ.

ވިހެއުމަށްފަހު ކަރީނާ އަނެއްކާވެސް ބޮލީވުޑުގެ އެންމެ އުހުގައި މަސައްކަތްކުރަމުން އަންނަ އިރު އޭނަ މިވަނީ ވިހެއުމަށްފަހު އޭނާ ފެނިގެންދާނެ ދެވަނަ ފިލްމު ކަމުގައިވަ ދަ ގުޑު ނިއުސްގެ ޝޫޓިން ފަށާފައެވެ.

އެގޮތުން މިއަދު ވަނީ ދަ ގުޑް ނިއުސްގެ ސެޓްގައި ކަރީނާ އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމު ވެފައެވެ. އެ ފޮޓޯއަކީ އެފިލްމުގައި އޭނާ ފެނިގެންދާނެ ގޮތް ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

އެގޮތުން އެ ސެޓްގައި އުޅެނިކޮށް ނަގާފައިވާ ކަރީނާގެ ފޮޓޯއިން އޭނާ ފެންނަނީ ބަނޑުބޮޑު މީހެއްގެ ރޯލުންނެވެ. އެ ފޮޓޯ އާންމު ވުމާއިއެކު ގިނަ ބަޔަކު ބުނެފައިވަނީ އެ ފިލްމަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އެފިލްމަށް އިންތިޒާރުކުރާ ކަމަށެވެ.

ފިލްމު ގުޑު ނިއުސްގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެފިލްމުގައި ކަރީނާ އާއެކު ދެން ފެނިގެންދާނީ އަކްޝޭކުމާރާއި. ދިންޖީތު ދޮސާންޖްގެ އިތުރުން ކިއާރާ އަދުވާނީއެވެ. އަދި އެފިލްމު ރިލީޒްކުރާނެ ކަމަށް ލަފާކޮށްފައިވާ ތާރީޚަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުގައެވެ. 

Advertisement

ކޮމެންޓް

Advertisement