"އިޝްބާޒް"ގެ ފަހު އެޕިސޯޑް މިމަހުގެ 15ގައި!

02 Mar 2019 | 12:37

ދިވެހިންގެ ތެރޭގައި މަގުބޫލު ޑްރާމާ ސިލްސިލާއެއް ކަމަށްވާ އިޝްގްބާޒް ހުއްޓާލަން ނިންމައިފިއެވެ. އެ ޑްރާމާގެ އެންމެ ފަހު އެޕިސޯޑް ދައްކާނީ މިމަހުގެ ފަނަރަ ވަނަ ދުވަހު ނޫސްތަކުގައި ވެއެވެ.

ޑްރާމާ ހުއްޓާލަން ނިންމުމާއި ގުޅިގެން އެ ޑްރާމާގެ ލީޑްރޯލުން ފެނިގެންދާ ނުކުލް މެހެތާ ވަނީ އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެމީހުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސްޓާޕްލަސް އިން ތިން އަހަރު ވަންދެން ދައްކަމުން އަންނަ މިޑްރާމާ ހުއްޓާލަން ނިންމާފައިވާއިރު، ހަތްސަތޭކަ ފަންސާހަށްވުރެ ގިނަ އެޕިސޯޑް މިހާތަނަށް ދައްކާފައިވެއެވެ.

މިޑްރާމާ ހުއްޓާލަން އެޑްރާމާ އުފައްދާ ފަރާތުން ނިންމި ނަމަވެސް އެޑްރާމާ ހުއްޓާލާ ސަބަބު ހާމަކޮށްފައި ނުވެއެވެ. ބައެއް ޚަބަރު ތަކުގައި ވާގޮތުން އެޑްރާމާ ހުއްޓާލަން ނިންމާފައިވަނީ ފަހަކަށް އައިސް އެޑްރާމާ ބަލާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުންނެވެ. ގިނަ މީހުން ބުނެފައިވަނީ ފަހަކަށް އައިސް އެޑްރާމާއިން ބެލުންތެރިންނާއި ހަމަޔަށް ގެނެސްދޭ ސްޓޯރީ ލައިންތައް އެއްވެސް ގޮތަކަށް ކަމުނުދާކަމަށެވެ. އަދި އަބަދު އެއްވާހަކަތަކެއް ރިޕީޓްކޮށް ދެއްކުމަކީ އެޑްރާމާގެ މަތިން ބެލުންތެރިން ފޫހިވި ސަބަބެއް ކަމަށް އެޑްރާމާ އާންމުކޮށް ބަލަމުން އަންނަ މީހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް