ކެޕްޓަން ވެލެންސިއާ މި ސީޒަނަށްފަހު ޔުނައިޓެޑައި ވަކިވަނީ

02 Mar 2019 | 12:19

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޓޯނިއޯ ވެލެންސިއާ މި ސީޒަން ނިމުމާއެކު އެ ކްލަބް ދޫކޮށްލާގޮތަށް ހަމަޖެހިއްޖެއެވެ.

ޔުނައިޓެޑްގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ވެލެންސިއާ، ޔުނައިޓެޑް ދޫކޮށްލަން ނިންމީ ކޮންޓްރެކްޓް އައު ކުރުމަށް ދެފަރާތުގެ މެދުގައި ދެކެވުނު ވާހަކަތަކުގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ. ވެލެންސިއާވަނީ މި ސީޒަން ނިމުމާއެކު ޔުނައިޓެޑް ދޫކޮށްލާނެކަން އޭނާގެ އޮފިޝަލް ޓްވިޓާ އެކަންޓް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

10 އަހަރު ޔުނައިޓެޑަށް ކުޅެދީފައިވާ ވެލެންސިއާ މިވަގުތު ހުރީ ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް އޭނަ ނިސްބަތްވާ ގައުމު ކަމަށްވާ އެކުއަޑޯގައެވެ.

އަނިޔާގެ މައްސަލަތަކާހުރެ މި ސީޒަނުގެ މިހާތަނަށް ވެލެންސިއާއަށް ކުޅެވިފައިވަނީ އެންމެ 9 މެޗެވެ. މިވަގުތު ޔުނައިޓެޑުގެ ކެއާ ޓޭކާ ކޯޗްކަމައި ހަވާލުވެގެން ހުރި ޝޯލްޝާގެ އިރުޝާދުގެ ދަށުން އޭނާއަށް ކުޅެވިފައިވަނީ އެންމެ މެޗެއްކަން ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑްގެ ކަނާތު ފަޅިން ޑިފެންސްއަށް ކުޅެމުން އަންނަ ވެލެންސިއާ ނެތްތަން ފޫބައްދަމުން އަންނަނީ އޭޝްލީ ޔަންގް އަދި އުމުރުން 19 އަހަރުގެ ޒުވާން ތަރި ޑިއޯގޯ ޑަލޮޓްއެވެ.  

Advertisement

ކޮމެންޓް

Advertisement