ބުރޫޝިއާ މޮންޗެންގްލަދްބަހް އަތުން ޖަރުމަނު ލީގުގެ ޗެންޕިއަން ބަޔާން މިއުނިޗް ބަލިވެއްޖެ

07 Oct 2018 | 05:34

ބުރޫޝިއާ މޮންޗެންގްލަދްބަހް އަތުން 3-0 ކުން ބަޔާން ބަލިވެ ލީގުގެ 5 ވަނަ އަށް ވެއްޓިއްޖެއެވެ. ބަޔާން ގެ ފަރާތުން ބަލާ ހިތްވާ ކަހަލަ ރީތި ކުޅުމެއް ފެނުން ނަމަވެސް އުފެއްދި އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލުކޮށް ލެވިފައެއް ނުވެއެވެ.

ބުރޫޝިއާ މޮންޗެންގްލަދްބަހް ވަނީ އޭގެ ފައިދާ ނަގާ އެޓީމުން ފޮނުވާލި 4 ހަމަލާގެ ތެރެއިން 3 ހަމަލާ ލަނޑަކަށް ހަދާފައެވެ.

ލީގުގައި ފުރަތަމަ ކުޅުނު 4 މެޗުން މޮޅުވި ނަމަވެސް އެންމެ ފަހުން ކުޅުނު 4 މެޗުގައިވެސް ބަޔާން މޮޅުވެފައެއް ނުވެއެވެ.

ބުރޫޝިއާ މޮންޗެންގްލަދްބަހް މި މެޗުން މޮޅުވެ 14 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައަށް ޖެހިލިއރު ޖަރުމަނު ލީގުގެ 1 ވަނައިގަ އޮތީ 17 ޕޮއިންޓާއެކު ބުރޫޝިއާ ޑޯޓްމަންޑެވެ.

Advertisement

ކޮމެންޓް