Advertisement

ބާންލީ އާއި ހަޑަސްފީލްޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ

07 Oct 2018 | 05:40

އިނގިރޭސި ޕްރިމިއަރ ލީގުގައި މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ދެ ޓީމުކަމަށްވާ ބާންލީ އަދި ހަޑަސްފީލްޑް ބައްދަލު ކުރި މެޗު 1-1 ކުން އެއްވަރު ވެއްޖެއެވެ.

އާންމުކޮށްވެސް ދިފާއި ކުޅުމުއް ކުޅޭ ބާންލީއިން ވަނީ މެޗުގެ 20 ވަނަ މިނެޓުގައި ވޯކްސް ޖަހައިދިން ލަނޑުން ކުރި ހޯދާފައެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާ ހަޑަސްފީލްޑުން ވަނީ ދެވަނަ ހާފުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައި ދިނީ 66 ވަނަ މިނެޓުގައި ޝްންޑްލާއެވެ.

މި ސީޒަނުގައި އަދި އެއްވެސް މެޗަކުން މޮޅުނުވާ ހަޑަސްފީލްޑް އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެއީ 8 މެޗު ކުޅެގެން ލިބުނު 3 ޕޮއިންޓާއެކުގައެވެ. ބާންލީ ތާވަލުގެ 12 ވަނައިގަ އޮތީ 8 މެޗުން ލިބުނު 8 ޕޮއިންޓާއެކީގައެވެ. 

Advertisement

ކޮމެންޓް