Advertisement

އެމްބައްޕޭގެ ގޯލްތަކާއެކު ޕީއެސްޖީގެ ލީޑް ވިހި ޕޮއިންޓަށް ފުޅާކޮށްފި

03 Mar 2019 | 07:23

ފްރާންސް ލީގުގައި ކައެން އަތުން މޮޅުވެ ޕީއެސްޖީ އެއްވަނައިގަ ހިފަހައްޓަމުން އަންނަ ލީޑް ޖުމްލަ 20 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ކައެން މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގިއިރު ޕީއެސްޖީވަނީ އެ ގޯލް ޖެހިތާ ތިން މިނެޓްތެރޭ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕީއެސްޖީގެ މި ގޯލް އެމްބައްޕޭ ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.

ޕީއެސްޖީ މެޗުން މޮޅުވި ގޯލް, ފުރަތަމަ ގޯލްވެސް ޖަހައިދިން އެމްބައްޕޭ ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. އަނިޔާގެ ސަބަބުން ކުޅުމައި ދުރުގާ ތިބި ނޭމާ އަދި ކަވާނީ ނެތްތަން ވަރަށް ފުރިހަމައަށް އެމްބައްޕޭ ފޫބައްދަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއީ މި ސީޒަނުގެ ލީގުގައި އޭނާ ޕީއެސްޖީއަށް ޖަހައިދިން 24 ވަނަ ގޯލެވެ.

ކުރިއަށް އޮތް މެޗުގައި ޕީއެސްޖީ ނުކުންނާނީ ޗެންޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑައި ދެކޮޅަށެވެ. މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް 2-0 ކުން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއެވެ.

Advertisement

ކޮމެންޓް