މޯދީއާއި އިމްރާން ޚާންގެ ކުރިމަތިލުމުގައި ކާމިޔާބު ހޯދީ އިމްރާން؟

03 Mar 2019 | 14:15

ޕާކިސްތާނުން ހައްޔަރުކުރި އިންޑިޔާގެ ޕައިލެޓް ދޫކޮށްލުމުން، ދެގައުމުގެ ދެމެދުގައި އޮތް ޓެންޝަނަށް ކޮންމެވެސް ލުޔެއް ލިބުނު ނަމަވެސް ދެގައުމުގެ ދެމެދުގައި މިބަދަލުކުރެވުނު ހަމަލާގެ ވާހަކަ ބަހުސްކުރެވެމުން ދާނެއެވެ. އިންޑިޔާގެ ޕައިލެޓް ދޫކޮށްލާނެކަން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިއުލާން ކުރައްވަމުން ވިދާޅުވެފައިވަނީ ޕާކިސްތާނުގެ މި ނިންމުމަކީ ސުލްހައަށް ދިން އިސްކަމެކެވެ.

ޚާންގެ މިވާހަކަފުޅުގެ ކުޑައިރުކޮޅެއްފަހުން ނިއުދިއްލީގައި ސައިންޓުސްޓުންތަކަކާއި ބައްދަލުކުރައްވައި ސާކާސްޓިކް ގޮތަކަށް އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓް ނިމިފައިވާ ކަމަށާއި މިހާރު އޮތީ އެކަން ހަގީގަތަކަށް ހެދުން ކަމުގައެވެ. މިވާހަކަފުޅަށް އޭނާއަށް ތާއީދުކުރާ މީހުން އުފާފާޅުކުރިޔަސް އަނެއް ބަޔަކަށް އެވާހަކަފުޅުވީ ބަލައިގަންނަން ދަތި ވާހަކަފުޅަކަށެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި އިންޑިޔާގެ އަސްކަރީ ޖެޓްތަކެއް ޕާކިސްތާން ކޮންޓްރޯލްކުރާ ކަޝްމީރުގެ ވައިގެ ސަރަހައްދަށް ވަދެ ހަނގުރާމަވެރިންގެ މަރުކަޒަކަށް ބޮން އެޅުމުން ކެމްޕެއިން އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން އިންޑިޔާގެ ސަލާމަތް ކަށަވަރުކޮށްދީފިކަމަށް މޯދީ ވިދާޅުވުމުން ކަންފަތް ފަޅައިގެންދާފަދަ ހޫނުއަތްތިލަބަޑިއެއްގެ މަރްހަބާ އޭނާއަށް ކިޔުނެވެ. އެކަމަކު 24 ގަޑިއިރުވެސްނުވަނީސް ޕާކިސްތާނުން ބަދަލުހިފައި އިންޑިޔާގެ ދެބޯޓެއް ވަށްޓާލައި ޕައިލެޓަކު ހައްޔަރުކުރިއެވެ.

އިންޑިޔާގެ ރިޓެޔަޑް ޑިޕްލޮމެޓަކު ފާހަގަކުރިގޮތުގައި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތއރިޔާ އިމްރާންޚާން ޑިޕްލޮމެޓިކް ބޯޅަ ހޫރައިލިގޮތުން ތިބެވުނީ ހަދާނެގޮތެއް ނޭނގިފައެވެ.

2014 ވަނަ އަހަރު މިސްޓަރ މޯދީ އިންޑިޔާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތީއްސުރެ އޭނާގެ ބާރުގައި އިންޑިޔާގެ މީޑިޔާޖެހި އޭނާ ސިފަކުރެވެމުން އައިސްފައިވަނީ ގައިގެ މަަސްތައްވަރުގަދަ ނޭޝަނަލިސްޓެއްގެ ގޮތުގައެވެ. އެކަމަކު އިންޑިޔާ ޕާކިސްތާނާއެކު ނިއުކްލިއަރ ހާގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓިގެންދިޔައިރު އޭނާ މުޅިންހެން ހުންނެވީ ހަމަހިމޭނުންނެވެ. މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރާނެ ވަގުތެއް އޭނާއަކަށް ނުލިބުނެވެ. ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމުގެ ބަދަލުގައި އޭނާދިޔައީ ކެމްޕެއިން އެއްވުންތަކަށާއި މޯބައިލް އެޕްތައާރަފްކުރުންފަދަ އިވެންޓްތަކަށެވެ. ގިނަ މީހުން ގަބޫލުކުރާގޮތުގައި އިންޑިޔާގެ އަސްކަރީ ޖެޓެއް ވަށްޓާލައި އޭގެ ޕައިލެޓް ހައްޔަރުކޮށް ޕާކިސްތާނު ދިޔައީ އިންޑިޔާ ވާނުވާނޭގުމެއްގެތެރޭގައި ބާއްވަމުންނެވެ. ޖެހިގެން އައި ދެދުވަހު ޕާކިސްތާނުން ގޮވާލަމުންދިޔައީ އިންޑިޔާއިން ސުލްހައިގެ މަގަށް ރުޖޫއަވުމަށް އެދިއެވެ. އިންޑިޔާގެ ތަޖުރިބާކާރުންގެ ނަޒަރުގައި ޚާން ދައްކަމުންދިޔައީ އޭނާއަކީ ސުލްހައަށް ލޯބިކުރާ އަދި ވާހަކަދައްކައިގެން ހައްލު ހޯދިދާނެ ޝަޚްސިއްޔަތެއް ކަމެވެ . އަދި އިންޑިޔާގެ ތަޖުރިބާކާރުން އެންމެ ހައިރާންވީ ސުލްހައިގެ ރަމްޒަކަށް އިންޑިޔާގެ ޕައިލެޓް ވަގުތުން މިނިވަންކުރަން ޚާން ނިންމެވި ނިންމެވުމުންނެވެ. 

އޭގެބަދަލުގައި އިންޑިޔާގެ ލީޑަރުންނަށް މި ސްޓޯރީ ޕަބްލިކަށް ކިޔައިދިނުމުގެ އެއްވެސް ކޮންޓްރޯލެއް ނެތްފަދައެވެ. އިންޑިޔާގެ ބްރީފިންއެއް އައީ ޕާކިސްތާނުން ހަމަލާދިންތާ 30 ގަޑިއިރު ފަހުންނެވެ. ހިއްވަރުގަދަކަމުގެ ވާހަކަދައްކައިގެން މިފަހަރު ވާހަކަދެއްކުމުގައި މޯދީވަނީ ފެއިލްވެވަޑައިގެންފައެވެ. ބަދަލު ހިފުމަކީ ސްޓްރެޓެޖިކް މަގްސަދަކަށް ނުވެއެވެ.

އިންޑިޔާގެ މީޑިއާގެ ގިނަބަޔަކު، މިނިވަންވި ޕައިލެޓްގެ ހިއްވަރުގަދަކަމަށް ތާރީފްކޮށް އޭނާއަށް ބަތަލެއްގެ ލަގަބުދިނެވެ. ޕައިލެޓް މިނިވަންވުމަކީ މޯދީއަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ސިފަކުރިއެވެ. އެކަމަކު މިކަންތައްގަނޑުގެ ފަހަތުގައިވާ ބޮޮޑު އިންޓެލިޖެންސް ފެއިލިއާ މެދު ސުވާލުކޮށްހެދީ ވަރަށް މަދު ފަރާތެކެވެ. އިންޓެލިޖެންސް ފެއިލްވިކަން އެނގެނީ ރޯމާދުވާލު ޕާކިސްތާނުން ކަޝްމީރުގައިވާ އިންޑިޔާގެ ވައިވެ ސަރަހައްދަށް ވަދެ ބޮންއެޅުމެވެ. ޕާކިސްތާނުގެ ބޯޓް ވަންކަން އެގިގެން ކުރިމަތިލުމަށް ޕާކިސްތާނު ސަރަހައްދަށް ވަންބޯޓް ޕާކިސްތަނުގެ އަސްކަރީ މަތިންދާ ބޯޓްތަކުން ހަމަލާދީ ވަށްޓައިލުމެވެ.

އިންޑިޔާގެ އަސްކަރީ އެނަލިސްޓުންގެ ނަޒަރުގައި ޕާކިސްތާނުން ދައްކައިދިނީ އަސްކަރީ ގާބިލިއްޔަތުކަމުގެ ރޮނގުން އިންޑިޔާއާ އެއްލެވެލަކަށް ޕާކިސްތާނަށް ނާދެވޭނެކަމަށް އިންޑިޔާއިން ގަބޫލުކުރާކުރުން ރަނގަޅުނޫންކަމެވެ. އަސްކަރީގޮތުން ރައްދު ދިނުމަކީ ޕަކިސްތާނުން އެއް ހަމައެއްގައި އޮތްކަމެވެ.

ކޮންމެއަކަސް އިންޑިޔާގެ މީޑިއާގައި މިހަމަލާއިން ކާމިޔާބު ހޯދީ އިންޑިޔާގެ ބޮޑުވަޒީރުކަމަށް ސިފަކުރަމުން އައިނަމަވެސް އިންޑިޔާގެ އެނަލިސްޓުންގެ ނަޒަރުގައި މިހަމަލާއިން އަަސްކަރީރޮނގުން ބެލިޔަސް އަދި ޑިޕްލޮމެޓިކް ގޮތުން ބެލިޔަަސް ކާމިޔާބު ހޯދީ ޕަކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއެވެ.

Advertisement

ކޮމެންޓް

Advertisement